މާލޭ ޓީޖެޓީ ސަރަހައްދުގައި މިއަދު ހަވީރު ބިދޭސީންތަކެއްގެ މެދުގައި ހިންގި ގްރޫޕު މާރާމާރީއެއްގައި ފަސް މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން "ވަން" އަށް މިރޭ ބުނީ، ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިންގައިގެން އުޅޭ ކަމުގެ ރިޕޯޓު މިއަދު ހަވީރު 4:50 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ މާރާމާރީގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާވެގެން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މާރާމާރީއާ ގުޅިގެން 11 ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
އާއްމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެ މާރާމާރީގައި އެކަކު އަނެކަކަށް ލަކުޑިބުރި އާއި ފިހިގަނޑާއި އެހެނިހެން ތަކެތި ބޭނުންކޮށްގެން ހަމަލާ ދީފައިވެއެވެ.
އެ މާރާމާރީ ހިންގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު