މާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުންދަނީ ސ. ހުޅުދޫ، ސަނީ ލޮޖް، އަލީ އާރިފް (46) އެވެ.
ފުލުހުން ބުނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އާރިފު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަލީ އާރިފު މިހާރު ދިރިއުޅެނީ މާލޭގައި ކަމަށާއި އޭނާ އެންމެ ފަހުން އާއިލާއަށް ހަބަރުވެފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި ކަމަށެވެ. އަލީ އާރިފަކީ ކަންނެލި މަސްވެރިކަމަށް ގޮސްއުޅޭ މީހެއް ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ފުލުހުން ކަމަށެވެ.
ފުލުހުން ބުނީ އޭނާގެ ހޯދުމުގެ މަސައްކަތް ފުލުހުންގެ ކަމާ ގުޅުންހުރި ހުރިހާ އިދާރާއަކުން ކުރަމުންދާ ކަމަށާއި އޭނާ އަދިވެސް ފެނިފައިނުވާ ކަމަށެވެ.
އަލީ އާރިފްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ 3322111 ނުވަތަ ވިލިމާލެ ޕޮލިސް ސްޓޭޝަން ނަމްބަރު 9790083 ގުޅައި އެ މައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު