އޮޅުވާލައިގެން މުދާ އެތެރެކޮށް، އެ މުދާ ވިއްކަމުންދިޔަ މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ބޭރުގެ އެކި ގައުމުތަކުގެ ކުންފުނިތަކުން ރާއްޖެއަށް މުދާ އެތެރެކޮށް އެ މުދަލުގެ އަގު އަދާކުރުމުގެ ގޮތުން އެ ކުންފުނިތަކަށް ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައި، މަކަރާއި ހީލަތުން އޮޅުވާލައިގެން މުދާ އެތެރެކޮށް، އެ މުދާ ރާއްޖޭގައި ވިއްކައި މަންފާ ހޯދަމުންދާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައިގެ ތަހުގީގުގެ ތެރެެއިން ހައްޔަރުކުރި މީހާ ދިރިއުޅެމުންދާ ތަން ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ބަލައި ފާސްކުރުމުގެ ތެރެއިން މައްސަލައާ ގުޅުންހުރި ހެއްކެއް ފެނުނު ކަމެއް ނުވަތަ ނޫންކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ އެ މައްސަލަ އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓުން އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު