ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޑެޕިއުޓީ ލީޑަރުގެ މަގާމަށް އެ ޕާޓީގެ ލީޑަރު، މާމިނގިލީ ދާއިރާގެ މަޖިލިސް މެމްބަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާއެކު ފަސް ބޭފުޅަކު އިންތިހާބުކޮށްފިއެވެ.
ވާދަވެރިކަމާއެކު ކުރިއަށްދިޔަ ޖޭޕީގެ ގައުމީ ކޮންގްރެސްގައި ޑެޕިއުޓީ ލީޑަރުކަމުގެ މަގާމަށް 12 ބޭފުޅަކު ކުރިމަތިލެއްވިއެވެ.
އޭގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ޖޭޕީއަށް ނިސްބަތްވާ ބައެއް މިނިސްޓަރުންނާއި ސްޓޭޑް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރު ފެންވަރުގެ ބޭފުޅުންނާއި ކުރީގެ މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރެއްވި ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
ނަމަވެސް ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ޖޭޕީގެ ޑެޕިއުޓީ ލީޑަރު ކަމަށް އިންތިހާބުކުރީ މިނިސްޓަރު ނަހުލާ އެކަންޏެވެ. އެ މަގާމަށް ނަހުލާ އިންތިހާބުވީ އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ކެންޑިޑޭޓުގެ ގޮތުގައެވެ.
- ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ - 558 ވޯޓު
- ކުރީގެ ޓްރާންސްޕޯޓް މިިނިސްޓަރު އަމީން އިބްރާހިމް - 327 ވޯޓު
- ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެންބަރު އަލީ ޝާހު - 287 ވޯޓު
- ޖޭޕީގެ ކުރީގެ ނައިބު ރައީސް އަހުމަދު ސައުދު - 275 ވޯޓު
- ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޗެއާމަން އިގްބާލް އާދަމް - 263 ވޯޓު
- ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ އަހުމަދު (އަބްޅޯ) - 258 ވޯޓު
- އެންވަޔަރަމަންޓްގެ ސްޓޭޓް މިނިސްޓަރު ހަސަން މުގުނީ - 255 ވޯޓު
- އިސްދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހަމީދު - 198 ވޯޓު
- ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން - 147 ވޯޓު
- އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަަދު އަހުމަދު ހުސެއިން (ހަނަފީ) - 143 ވޯޓު
- ޔަޝްފާ އަބްދުލްގަނީ (ޔަޝް) - 138 ވޯޓު
- ކެޔޮދޫ ދާއިރާގެ ކުރީގެ މެންބަރު މޫސާ ނިޒާރު އިބްރާހިމް - 102 ވޯޓު
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޖޭޕީން ވާދަކުރުމަށް ގޮވާލައި އެ ޕާޓީގެ ގައުމީ ކޮންފަރެންސަށް ހުށަހެޅި ގަރާރުވެސް ރޭ ވަނީ ފާސްކޮށްފައެވެ. އެ ގަރާރު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ އަހުމަދެވެ.
ޖޭޕީގެ ގައުމީ ޖަލްސާއިން ފާސްކުރި އެ ގަރާރުގައި ވަނީ އެ ޕާޓީން އިންތިހާބުގައި ވާދަކުރުމަށް، ކައުންސިލަށް ލަފާ ދިނުމަށެވެ. އެހެންކަމުން ރިޔާސީ އިންތިހާބާ މެދު ޖޭޕީން އަމަލު ކުރާނެ ގޮތެއް ނިންމާނީ ގައުމީ ޖަލްސާގައި އިންތިހާބުކުރި އާ ކައުންސިލުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު