މާލޭގައި މީހަކަށް ވަޅިން ހަމާލާދީ ޒަހަމްކޮށްލައިފިއެވެ.

ފުލުހުން މިރޭ ބުނީ މާފަންނު ފިހާރައަކަށް ވަދެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ. އެ ސަރަހައްދުގައި މިހާރު ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މާރާމާރީގައި އަނިޔާވެފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި އޭނާއަށް މިހާރު އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި ހަމަލާދީފައިވަނީ އެމީހާގެ ބުރަކަށްޓަށެވެ. ފުން ޒަހަމްތަކެއް ލިބިފައިވާ އިރު، އެ މީހާގެ ހާލު ސީރިއަސް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފުސީލު ހޯދަން އައިޖީއެމްއެޗަށް ގުޅުމުން ފޯނަށް ޖަވާބު ދީފައެއް ނުވެއެވެ.