މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގެ އއ. އަތޮޅު ޗެމްޕިއަންކަން ބޮޑުފޮޅުދޫން ނެގި އިރު، އދ. އަތޮޅު ޗެމްޕިއަންކަން މާމިގިލިން ހޯދައިފިއެވެ.
މުބާރާތުގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، މިއަދު ހަވީރު ވަނީ ދެ އަތޮޅުގެ ފައިނަލްގެ އިތުރުން ޒޯން ބުރުގެ މެޗުތައް ކުޅެފައެވެ.
އދ. އަތޮޅު ފައިނަލްގައި މިއަދު މަހިބަދޫ ކައިރިން މާމިގިލި މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ. މިއަދުގެ މެޗު ކުޅުނު ވަގުތު ވާރޭ ވެހެމުން ގޮސްފައިވާ އިރު، މެޗު ފެނުނީ ފޯރިގަދަކޮށެވެ. މެޗުގެ ފުރަތަމަ ގޯލު ޕެނަލްޓީ އަކުން އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) މަހިބަދުއަށް ޖަހައިދިން އިރު، މާމިގިލިން އެއްވަރު ކުރީ އަހުމަދު ނިޒާމް (ނިޒާމްބެ) ޖެހި ގޯލުންނެވެ.
މާމިގިލިން ފަހަތުން އަރައި ލީޑު ނެގީ އަހުމަދު މަމްދޫހު ޖެހި ގޯލުންނެވެ. އެ ގޯލުން މާމިގިލި ލީޑު ނެގި ނަމަވެސް، މަހިބަދޫގެ ގާސިމް ސައްމާމް (ސަންމެ) ޖެހި ގޯލުން އަނެއްކާވެސް ނަތީޖާ ހަމަހަމަ ކުރިއެވެ. މާމިގިލިން މެޗުން މޮޅުވި ގޯލު ޖެހީ ފަހު ވަގުތުގައެވެ. އެޓީމަށް ގޯލު ޖަހައިދިނީ ހިސާމް ސަލީމް (ކޮކީ) އެވެ.
އދ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔަކީ މަހިބަދޫގެ ބިޗަޑެވެ. އެ އަތޮޅުގެ އެންމެ ގިނަ ގޯލު ޖެހީ ހިޝާމް ސަލީމް (ކޮކީ) އެވެ.
އއ. އަތޮޅު ފައިނަލްގައި އެންމެފަހުގެ ޗެމްޕިއަން މަތިވެރި ކައިރިން ބޮޑުފޮޅުދޫ މޮޅުވީ 5-2 ގެ ނަތީޖާއަކުންނެވެ. ބޮޑުފޮޅުދޫގެ ގޯލުތައް ކާމިޔާބުކުރީ ރުކުޝާން ޖަމީލާއި އަހުމަދު ރިޔުޝާންގެ އިތުރުން ޖާދުﷲ އަހުމަދު އަދި އަލީ ޝަނީޒާއި ހުސެއިން ނަވާޒެވެ. މަތިވެރީގެ ގޯލުތައް ޖެހީ މުހައްމަދު އިމްރާނާއި އަލީ އަލްސަންއެވެ.
އއ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ބޮޑުފޮޅުދޫގެ އިޔުޝާން ހޮވުނު އިރު، އެ އަތޮޅުގެ އެންމެ ގިނަ ގޯލު ޖެހީ މަތިވެރީގެ އަލްސަންއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް