ދިގާރު ލާމު އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް މާދަމާ ފަށާނެއެވެ.

މާދަމާ އިން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަށް ލ. ގަމުގައި ކުރިއަށް ގެންދާ މި މުބާރާތަކީ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އޭއޭއެމް) އިން ކުރިއަށްގެންދާ މުބާރާތެކެވެ.

ހަ އުމުރުފުރާއަކަށް ބަހާލައިގެން ބާއްވާ މި މުބާރާތުގައި 13 ސްކޫލަކުން 400 އަށްވުރެ ގިނަ ކުދިން 48 އިންވެޓުގައި ބައިވެރިވާނެއެވެ.

އެ މުބާރާތުގެ މި އަހަރުގެ ޓައިޓަލް ސްޕޮންސަރަކީ ދިރާގެވެ. ދިރާގަކީ އޭއޭއެމްގެ 2023 ވަނަ އަހަރުގެ ޑިޖިޓަލް ޕާޓްނަރެވެ.

އެ ޕާޓްނާޝިޕް މެދުވެރިކޮށް ދިރާގުން ދަނީ އޭއޭއެމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު އެތުލެޓިކްސް މުބާރާތްތައް ކުރިއެރުވުމަށާއި ރާއްޖޭގައި އާ ޖީލެއްގެ އެތުލީޓުން އުފެއްދުމަށް މަގުފަހިކޮށް އެހީތެރިވެދެމުންނެވެ.