އަހަރުގެ މިހާތަނަށް ރާއްޖެއަށް ތިން ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު, މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމުލަ 301,658 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ.
އެއީ މިދިޔަ އަހަރުގެ އެ މުއްދަތަށްވުރެ 27.9 ޕަސެންޓުގެ ކުރިއެރުމެކެވެ. އެ އަހަރުގެ އެ މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 235,850 އެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުން, މި ހިނގާ ފެބްރުއަރީ މަހުގެ ފުރަތަމަ 20 ދުވަހުގެ ތެރޭގައި ރާއްޖެއަށް 129,159 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. އެއީ 2022 ވަނަ އަހަރަށްވުރެ 24.1 ޕަސެންޓް އަދި 2019 ވަނަ އަހަރަށްވުރެ 92 ޕަސެންޓް އިތުރުވުމެކެވެ.
މި މަހުގެ ތެރޭގައި އެވްރެޖްކޮށް ކޮންމެ ދުވަހަކު 6,458 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު, އެ ފަތުރުވެރިން އެވްރެޖްކޮށް އަށް ދުވަސް ރާއްޖޭގައި ހޭދަކުރާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ޚަބަރު
ޚަބަރު
ޚަބަރު