ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ހަ ޖީބީ ޑޭޓާ ލިބޭ ޕްލޭނެއް ތައާރަފުކޮށްފިއެވެ.
ދިރާގުން މިއަދު ބުނީ، ދިރާގުގެ އެ ޕްލޭންގެ ދަށުން ޕްރީޕެއިޑް ކަސްޓަމަރުންނަށް 745 ރުފިޔާއަށް 180 ޖީބީ ޑޭޓާ، 30 ދުވަހުގެ މުއްދަތަށް ލިބޭނެ ކަމަށެވެ.
އެ ޕްލޭން އެކްޓިވޭޓް ކުރުމަށް "S4GB30" ޖަހާފައި 343 އެސްއެމްސް ކުރުމަށް ދިރާގުން ވަނީ އެދިފައެވެ. ދިރާގު މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށްވެސް އެ ޕްލޭން އެކްޓިވޭޓް ކުރެވެން ހުންނާނެ ކަމަށް ދިރާގުން ބުންޏެވެ.
ސަޅި ޕްރީޕެއިޑް ޕްލޭނަކީ ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިހުތިޔާރު ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ.
ދިރާގު ބުނެފައިވާ ގޮތުގައި އެ ޕްލޭން ނަގައިގެން ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށްވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު