މާލޭ މަގުމަތީގައި ސަލާން ޖަހަން އުޅޭ ޖަޕާން އަންހެން މީހާގެ މައްސަލައިގައި ގާނޫނާ ހިލާފު ކަންތައްތަކެއް ހިމެނޭތޯ ކަށަވަރު ކުރަމުންދާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އެ އަންހެން މީހާ މަގުމަތީގައި ސަލާން ޖަހަން އުޅޭތީ ފުލުހުން ވަނީ އޭނާގެ މައުލޫމާތު ސާފުކުރުމަށްފަހު އިއްޔެ އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
އެ މައްސަލައިގައި އިމިގްރޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ, އެ އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށް, ރެސިޑެންޓް ވީޒާގައި ރާއްޖޭގައި އުޅޭ ބިދޭސީ އަންހެނެއްކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން އޭނާއާ ގުޅޭ ގޮތުން ފާހަގަވެފައިވާ މައްސަލައިގައި އިމިގްރޭޝަންގެ ގާނޫނާ ހިލާފު ކަންތައްތަކެއް ހިމެނޭތޯ ކަށަވަރު ކުރުމަށް އެ މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ބުންޏެވެ.
ރެސިޑެންޓް ވީޒާއަކީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީއަކަށާއި ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިގެން އެ ދާއިރާއިން ގަބޫލުކުރާ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތައް ކޮށްގެން އުޅޭ ބިދޭސީއަކަށް ދެވޭ ހުއްދައެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު