ތޫނު އެއްޗެއް ބޭނުންކޮށްގެން އައްޑޫ ސިޓީގައި މިރޭ މާރާމާރީއެއް ހިންގައިފިއެވެ.

ފުލުހުން މިރޭ ބުނީ އެ މާރާމާރީ ހިންގާފައިވަނީ އައްޑޫ ސިޓީ، ހިތަދޫގައި ކަމަށާއި އެކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 10:02 ހާއިރު ކަމަށެވެ.

މާރާމާރީގައި އަނިޔާވި މީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށާއި އެ މާރާމާރީއާ ގުޅިގެން 18 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ޒަހަމުވި މީހާއަށް ލިބިފައިވާ އަނިޔާގެ ތަފުސީލު ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ. އަދި އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލު (އޭއީއެޗް) އަށް "ވަން" އިން ގުޅުމުން ފޯނަށް ޖަވާބުދީފައިނުވާތީ، އެ ހޮސްޕިޓަލުން ވެސް ވަނީ އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލު ލިބޭ ގޮތް ނުވެފައެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.