ގެވެށި އަނިޔާގެ މައްސަލައިގައި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާ ކުރިމަތީގައި ބިދޭސީ ފިރިހެނަކު އަންހެނަކަށް، އަނިޔާ ކުރަނިކޮށް ފުލުހުން ވަނީ ހުއްޓުވާފައެވެ. އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ.

ފުލުހުން މިއަދު ބުނީ، ބިދޭސީ އަންހެނަކާއި ފިރިހެނެއްގެ މެދުގައި ހިންގި ގެވެށި އަނިޔާގެ މައްސަލައެއް ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި މި މައްސަލައާ ގުޅިގެން ބިދޭސީ ފިރިހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.