ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ރައީސް އޮފީހުގެ ސެކްރެޓެރީ ކޮމިއުނިކޭޝަންސްގެ މަގާމަށް ‎ސ. ހިތަދޫ، ނަންރީތިގެ، މުހައްމަދު ހިސާން އަލީ ފަހްމީ (ހިސްކޮ) މިއަދު އައްޔަންކުރައްވައިފިއެވެ.

ރައީސް އޮފީހުގެ ސްކްރެޓަރީ، ކޮމިއުނިކޭޝަންގެ އިސްވެރިއަކަށް ކުރިން ހުންނެވީ ހަސަން އިސްމާއީލްއެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވުން، އެ މަގާމަށް އައްޔަންކޮށްފައިވަނީ ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓްގެ މަގާމުގައި ހުންނެވި އިބްރާހިމް ހޫދުއެވެ. ފަހުން ހޫދު ވަނީ ރައީސް އޮފީހުގެ ފޮރިން ރިލޭޝަންގެ ސެކްރެޓަރީގެ މަގާމަށް ބަދަލުކޮށްފައެވެ. އެއަށްފަހު ވަގުތީ ގޮތުން ސެކްރެޓެރީ ކޮމިއުނިކޭޝަންސްގެ މަގާމު ހަވާލުކުރީ ހިސްކޮ އާއެވެ.

ހިސްކޮއަކީ މެލޭޝިޔާގެ ސަންވޭ ކޮލެޖްއިން 2016 ވަނަ އަހަރު ބެޗެލާސް އޮފް ބިޒްނަސް އިންޓަނޭޝަނަލް ޓްރޭޑް އެންޑް މާކެޓިން ހާސިލުކުރައްވައިފައިވާ ބޭފުޅެކެވެ.

ރައީސް އޮފީހުގެ އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގެވުމުގެ ޒިންމާތަކާއި ކޮމިއުނިކޭޝަންސް އޮފީހުގެ އެންމެހައި މަސައްކަތްތައް ބަލަހައްޓަވައި، ވިލަރެސްކުރައްވާނީ ހިސްކޮގެ ބެއްލެވުމުގެ ދަށުންނެވެ.