މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ، ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގެ ހދ. އަތޮޅު ބުރުގެ ސެމީ ފައިނަލް ފުރަތަމަ ޖާގަތައް ނައިވާދޫ އާއި ނޭކުރެންދޫ އަދި ނެއްލައިދޫން ޔަގީން ކޮށްފިއެވެ.
މުބާރާތުގެ މެޗުތައް ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ އިރު، ރޭ ވަނީ ހދ. އަތޮޅުގެ ހަތަރު މެޗެއް ކުޅެފައެވެ. އެއީ އެ އަތޮޅުގެ ދެ ގްރޫޕްގެ މެޗުތަކެވެ. ގްރޫޕް އެކެއްގައި ރޭ ނައިވާދޫން ހިރިމަރަދޫ އަތުން 11-0 އިން މޮޅުވެފައިވާ އިރު، އެ ގްރޫޕްގެ އަނެއް މެޗުގައި ނޮޅިވަރަންފަރު އަތުން ނޭކުރެންދޫ މޮޅުވީ 2-0 އިންނެވެ.
ނައިވާދުއާއި ނޭކުރެންދޫންވެސް މިހާތަނަށް މުބާރާތުގައި ކުޅުނު ދެމެޗުން މޮޅުވެ، ސެމީ ޔަގީން ކޮށްފައިވާ އިރު، އެ އަތޮޅު ގްރޫޕް އެކެއްގެ ފަހު މެޗުގައި ވާދަކުރާނީ ނައިވާދު އާއި ނޭކުރެންދޫ އެވެ. އެ މެޗުން ގްރޫޕްގެ އެއްވަނަ ޔަގީން ވެގެން ދާނެއެވެ.
ހިރިމަރަދޫ ކޮޅަށް ނައިވާދޫގެ ގޯލުތައް ޖެހީ ޓީމުގެ ކެޕްޓަން، ޔާމީން މުހައްމަދު (ޔާންޓެ)، އަބްދުﷲ ޝާފިއު (ޝާއްޕެ) އާއި އަހުމަދު ހަމީދު (އައްމަޑޭ)ގެ އިތުރުން ހުސެއިން މައިޝާން، މިދުހަތު ފާއިޒް، ހުސެއިން ސަމީރު އަދި މުހައްމަދު އަސްލަމެވެ. މެޗުގައި ޔާންޓެ ހެޓްރިކް ހެދި އިރު، ޝާއްޕެއާއި އަންމަޑޭ ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް ޖަހައިފައެވެ.
ނޮޅިވަރަންފަރު ކޮޅަށް ނޭކުރެންދޫގެ ގޯލުތައް ޖެހީ ޝިފާޒް އާދިލް (ތުއްތު) އާއި މުހައްމަދު ވިލްފެވެ. މެޗުގައި ނޮޅިވަރަންފަރުގެ އަހުމަދު ރިޔާޒަށް ރަތް ކާޑު ދެއްކި އިރު، އިބްރާހިމް ވަަހީދު ހަސަން (އިއްބެ) އަތުން ޕެނަލްޓީއެއް ނާކާމިޔާބުވިއެވެ.
ހދ. އަތޮޅުގެ ގްރޫޕް ދޭއްގައި ވައިކަރަދޫ އަތުން ކުމުންދޫ 3-1 އިން މޮޅުވިއިރު، އެ ގްރޫޕްގެ އަނެއް މެޗުން ނެއްލައިދޫން ވަނީ ފިނޭ އަތުން 3-1 އިން މޮޅުވެފައެވެ.
ހދ. އަތޮޅުގެ ގްރޫޕް ދޭއްގައި ފަސް ޓީމު ވާދަކުރާއިރު، މިވަގުތު އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓާއެކު ނެއްލައިދޫ އެވެ. އެޓީމަށް މިހާރު ވަނީ ސެމީ ޔަގީންވެފައެވެ. އެ އަތޮޅު ގްރޫޕް ދޭއްގެ ދެވަނައިގައި އޮތީ ހަޕޮއިންޓާއެކު ކުމުންދޫއެވެ. ފިނޭ އާއި މަކުނުދޫ އަދި ވައިކަރަދޫއަށް ތިން ޕޮއިންޓް ލިބިފައިވާ އިރު، އޭގެ ތެރެއިން އެންމެ ފަސޭހަކޮށް ސެމީގެ އަނެއް ޖާގަ ހޯދެން އޮތީ ކުމުންދޫއަށެވެ. އެޓީމަށް ސެމީ ޔަގީންކުރަން ފަހު މެޗުން ބޭނުން ވަނީ ޕޮއިންޓެކެވެ.
ކުމުންދޫން ވައިކަރަދޫ ބަލިކުރި މެޗުގައި ކުމުންދޫގެ ގޯލްތައް ޖެހީ ފަހުމާން އަބްދުލް ހަމީދާއި މުޝްރިފު މުހައްމަދެވެ. ފަހުމާން ވަނީ ދެ ގޯލް ޖަހައިފައެވެ. ވައިކަރަދޫގެ ހަމައެކަނި ގޯލު ޖެހީ އަލީ އަބްދުﷲ އެވެ. ނެއްލައިދޫ އާއި ފިނޭ ވާދަކުރި މެޗުގައި ނެއްލައިދޫގެ ގޯލުތައް ޖެހީ މުހައްމަދު ޝާވިން، އަލީ ހަސަން އަދި މުހައްމަދު ވިސާމެވެ. ފިނޭގެ ހަމައެކަނި ގޯލު ޖެހީ އަހުމަދު މާޖިދެވެ.
20:00 ތ. ވޭމަންޑޫ - ތ. ހިރިލަންދޫ (ގްރައުންޑް 1)
20:00 ގދ. މަޑަވެލި - ގދ. ހޯޑެއްދޫ (ގްރައުންޑް 2)
21:00 ތ. ގާދިއްފުށި - ތ. އޮމަދޫ (ގްރައުންޑް 1)
21:00 ގދ. ގައްދޫ - ގދ. ތިނަދޫ (ގްރައުންޑް 2)
22:00 ލ. އިސްދޫ - ލ. މާބައިދޫ (ގްރައުންޑް 1)
22:00 ލ. ގަން - ލ. ކަލައިދޫ (ގްރައުންޑް 2)
23:00 އދ. ފެންފުށި - އދ. އޮމަދޫ (ގްރައުންޑް 1)
23:00 އދ. ދަނގެތި - އދ. މާމިިގިލި (ގްރައުންޑް 2)
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް