Close
ޚަބަރު

މާލޭގެ ގެއަކުން ވައްކަންކުރަން އުޅެނިކޮށް އިމާރާތުގެ ބަޔަކާއެކު ވެއްޓި ޒަހަމްވެއްޖެ

މާލޭގެ ގެއެއްގެ ބެލްކަނި ކަނޑައިގެންގޮސް ވެއްޓި، މީހަކަށް އަނިޔާވެއްޖެއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ވެއްޓިފައިވަނީ މ. ނޫބަހާރުގޭގެ ބެލްކަނިން ބައެކެވެ.

ފުލުހުން މިއަދު ބުނީ މާފަންނުގައި ހުރި ގެއަކުން ކޮންކްރީޓުގަނޑަކާއެކު މީހަކު ވެއްޓިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ ރޭ 11:29 ހާއިރެވެ.

އެ ކޮންކްރީޓުގަނޑު ވެއްޓުނީ، އެ ގެޔަށް ވައްކަން ކުރަން ވަން މީހަކު ބެލްކަނީން ފުންމާލި ވަގުތު ކަމަށް އެނގިފައިވާ ކަމަށްވެސް ފުލުހުން ބުންނެވެ. މި ހާދިސާގައި ވައްކަމުގެ ތުހުމަތުކުރާ މީހާއަށް އަނިޔާވެ އައިޖީއެމްއެޗުގައި އަންނަނީ ފަރުވާ ކުރަމުންނެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.