ކާރަކާއި ސައިކަލެއް ޖެހި ސިނަމާލެ ބުރިޖާ ގުޅިފައި އޮންނަ ހައިވޭގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާދެމުންދާ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
އައިޖީއެމްއެޗުން "ވަން" އަށް މިއަދު ބުނީ އެކްސިޑެންޓުވި މީހާގެ ހާލު ސީރިއަސް ކަމަށެވެ. ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފުސީލެއް ހާމައެއް ނުކުރެއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލޭން މާލެއަށް ދުއްވި ކަޅު ކުލައިގެ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން ފިރިހެން މިހާއަށް ބޮޑެތި އަނިޔާތަކެއް ލިބުނު ކަމަށް މައުލޫމާތު ލިބެއެވެ.
އެ އެކްސިޑެންޓް ހިނގާފައިވާ ސަރަހައްދުގެ ވީޑީއޯއެއް "ވަން" އަށް ލިބިފައިވާ އިރު، އޭގެން ފެންނަ ގޮތުގައި ސައިކަލު އޮތީ ވަރަށް ބޮޑަށް ފުނޑުފުނޑުވެފައެވެ. އަދި އެކްސިޑެންޓުވި ކާރުގެ ކުރީކޮޅު އޮތީ އެއްކޮށް ބަނޑިވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު