މި މަހުގެ ފުރަތަމަ ހަފުތާ ތެރޭ ރާއްޖެއަށް 42,000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
މި އަހަރު ފެށުނީއްސުރެ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން ވަނީ އިތުރުވެފައެވެ. އެގޮތުން ޖެނުއަރީ މަހު އެކަނިވެސް ރާއްޖެއަށް 172,000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރިއެވެ. އެއީ މިދިޔަ ދެ އަހަރާ އަޅައިބަލައި އިރު, ރެކޯޑް އަދަދެކެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތަށް ބަލައި އިރު, މި މަހުގެ ފުރަތަމަ ހަފުތާ ތެރޭގައި 42,449 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ. އެއީ މިދިޔަ 2022 ވަނަ އަހަރުގެ އެ މުއްދަތާ އަޅައި ބަލާއިރު 33 ޕަސެންޓް އިތުރު އަދެދެކެވެ. އަދި 2021 ވަނަ އަހަރަށްވުރެ ދެ ގުނަ އިތުރު އަދަދެކެވެ.
މައުލޫމާތަށް ބަލާއިރު, މި އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރީންގެ އަދަދު ވަނީ 214,985 އަށް އަރައިފަ އެވެ. މިއީ 2022 ވަނަ އަހަރާ އަޅައިބަލާއިރު, 31.3 ޕަސެންޓް އިތުރު އަދެކެވެ.
ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާ ތެރޭގައި އެވްރެޖްކޮށް ކޮންމެ ދުވަހަކު 6,064 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ އިރު, އެވްރެޖްކޮށް 8.1 ދުވަސް ފަތުރުވެރިން ރާއްޖޭގައި ހޭދަކޮށްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު