ތުރުކީއަށް އައި ބާރުގަދަ ބިންހެލުމުގެ އެ ގައުމުގެ ދެވަނަ ޑިވިޝަން ކްލަބެއް ކަމަށްވާ، ޔެނީ މަލަޓްޔަސްޕޯރަށް ކުޅެމުންދާ ގޯލްކީޕަރު އަހުމެޓް އަޔުޕް ތުރުކަސްލާން މަރުވެއްޖެއެވެ.
ތުރުކީއާއި ސީރިއާގެ ސަރަހައްދަށް ހޮނިހިރު ދުވަހު ބާރުގަދަ ބިންހެލުމެއް އައިސް، އެތައް އިމާރާތެއް ވެއްޓި، އެތައް ބަޔަކަށް އަނިޔާ ލިބިފައިވެއެވެ. ބިންހެލުމުގެ އަސަރު ތުރުކީއަށް 7.8 މެގްނެޓިއުޑްގެ ބާރުމިނުގައި ކޮށްފައިވާ ކަމަށް ނޫސްތައް ބުނެއެވެ. ތުރުކީގެ ގިނަ ބަޔަކު އިމާރާތްތަކުގެ ދަށުވެ ގެއްލިފައިވާ އިރު، މިހާތަނަށް މަރުވި މީހުންގެ އަދަދު 5،000 އަށްވުރެ މައްޗަށް ވަނީ އަރައިފައެވެ.
ތުރުކަސްލާން، 28 މަލަޓްޔަސްޕޯރަށް ބަދަލުވީ 2021 ވަނަ އަހަރުއެވެ. އެ އަހަރު ކްލަބާ ގުޅި، ތުރުކީގެ ދެވަނަ ޑިވިޝަނުގައި ތުރުކަސްލާން ވަނީ މިހާތަނަށް ހަ މެޗުގައި ކުޅެފައެވެ. ކްލަބުން ބުނީ ތުރުކަސްލާން މަރުވެފައި ވަނީ ބިންހެލުމުގައި ވެއްޓުނު އިމާރާތެއްގެ ދަށުވެގެން ކަމަށެވެ. ތުރުކަސްލާންގެ އާއިލާއަށް ކްލަބުން ތައުޒިޔާ ފޮނުވާފައިވާ އިރު، ތުރުކީގެ ކްލަބުތަކަށް ކުޅޭ ކުޅުންތެރިންވެސް އޭނާގެ އާއިލާއަށް ވަނީ ތައުޒިޔާގެ މެސެޖުތައް ރައްދު ކޮށްފައެވެ.
ކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ ކްރިސްޓަލް ޕެލެސްއާއި އެވަޓަންއަށް ކުޅެ، މިހާރު ތުރުކީ ދެވަނަ ޑިވިޝަންގެ ކޭކޫރު ރިޒެސްޕޯރަށް ކުޅެމުންދާ ޔަނިކް ބޮލާސީ ކުރި ޓްވީޓެއްގައި ބުނީ ޑަގްއައުޓް ތެރެއިން ދިމާވި ތުރުކަސްލާންގެ ކުއްލި ވަކިވުން ހިތްދަތި ކަމަށާއި، އާއިލާއާއި ކްލަބުގެ ހުރިހާ ފަރާތްތަކަށް ތައުޒިޔާ ފޮނުވާ ކަމަށެވެ.
ތުރުކީގެ ބިންހެލުމާ ގުޅިގެން އެގައުމުގައި މިހާރު ވަނީ ކުއްލި ހާލަތު އިއުލާން ކޮށްފައެވެ. އެގައުމުގައި ކުޅޭ އިތުރު ކުޅުންތެރިންނަށްވެސް ނުރައްކާތެރި ހާލަތްތައް ކުރިމަތިވެފައިވާ އިރު، ކުރިން ޗެލްސީއާއި ނިއުކާސަލް ޔުނައިޓެޑަށް ކުޅެ، މިހާރު ތުރުކީ ލީގުގެ ހަޓޭސްޕޯ އަށް ކުޅެމުންދާ ކްރިސްޓިއަން އަޓްސޫވެސް ވަނީ އިމާރާތެއްގެ ދަށުވެ ގެއްލިފައެވެ. އެއް ދުވަސް ފަހުން އިއްޔެ އަޓްސޫ ފެނި، މިހާރު ދަނީ ފަރުވާ ދެމުންނެވެ.
ތުރުކީ
ތުރުކީ
ތުރުކީ
ތުރުކީ