ޕާކިސްތާނާއި ތުރުކީވިލާތުގެ ސިފައިން ސައުދީ އަރަބިއްޔާއަށް ފޮނުވަން އެ ދެ ގައުމުން އިއްޔެ ނިންމައިފިއެވެ. މިކަން އިއުލާންކޮށްފައިވަނީ، ޔަމަނުގެ ހޫތީން ސައުދީއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ސައުދީގެ ވެރިރަށް ރިޔާޒްގައި ބޭއްވި ކުއްލި ބައްދަލުވުމަކަށް ފަހު ނެރުނު ގުޅިފައިވާ ބަޔާނެއްގައެވެ.
މި ބައްދަލުވުމަކީ މިދިޔަ އޮގަސްޓު މަހު މި ތިން ގައުމުގެ މެދުގައި ސޮއިކުރި "މައްކާ ދިފާއީ އެއްބަސްވުން" ތަންފީޒުކުރުމުގެ ގޮތުން ބޭއްވި ބައްދަލުވުމެއް ކަމަށް ޕާކިސްތާނުގެ ހާރިޖީ ވުޒާރާއިން ބުނެފައިވެއެވެ.
މި އެއްބަސްވުމުގެ ދަށުން، މީގެ ތެރެއިން އެއްވެސް ގައުމަކަށް ދޭ ހަތިޔާރުއެޅި ހަމަލާއަކީ ތިން ގައުމަށް ދޭ ހަމަލާއެއްގެ ގޮތުގައި ބެލުމަށް ވަނީ އެއްބަސްވެފައެވެ. ސައުދީ އަރަބިއްޔާގެ ދިފާއީ ވަޒީރު އަމީރު ހާލިދު ބިން ސަލްމާން ވިދާޅުވި ގޮތުގައި، މި ކުއްލި ބައްދަލުވުމުން ދައްކުވައިދެނީ ސައުދީއާއި މުގައްދަސް ތަންތަނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް ތިން ގައުމު ގުޅިގެން މަސައްކަތްކުރާ ކަމެވެ. މި ބައްދަލުވުމުގައި ޕާކިސްތާނާއި ތުރުކީވިލާތުގެ ހާރިޖީ އަދި ދިފާއީ ވަޒީރުން ބައިވެރިވެވަޑައިގަތެވެ.
ގުޅިފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުން، އެއްބަސްވެފައިވާ އަސްކަރީ ފައުޖުތަކާއި ވަސީލަތްތައް ސައުދީއަށް އަވަހަށް ފޮނުވުމުގެ އަމަލީ މަސައްކަތް ފެށުމަށް ވަނީ ނިންމައިފައެވެ. ނަމަވެސް، ފޮނުވާނީ ކިހާ އަދަދެއްގެ ސިފައިންނެއް ކަމާއި، އެ މީހުން އަދާކުރާނީ ކޮން ދައުރެއް ކަމެއް އަދި ސިފައިން ފޮނުވާނެ ވަކި ތާރީހެއް ރަސްމީ އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޕާކިސްތާނުން 30،000 އާއި 40،000 އާ ދެމެދުގެ އަދަދަކަށް ސިފައިން ސައުދީއަށް ފޮނުވާފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުންނާ ހަވާލާދީ ބުނެފައިވީ ނަމަވެސް، މި އަދަދުތައް ރަސްމީ ބަޔާނުގައި ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ކޮމެންޓް