ދިރާގުން "ސަޅި" ޕްރީޕެއިޑުގެ އާ ޕްލޭންތަކެއް ތައާރަފުކޮށްފިއެވެ.
ދިރާގުން މިއަދު ބުނީ އަލަށް ތައާރަފްކޮށްފައިވާ "ސަޅި" ޕްރީޕެއިޑް ޕްލޭންތަކާ އެކު ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު އިތުރަށް "މަޖާ" ކޮށްލެވޭނެ ކަމަށެވެ.
އެ ޕްލޭންގައި ކަސްޓަމަރުންނަށް ދުވާލަކު ހަތަރު ޖީބީ ޑެއިލީ ޑޭޓާ، ޖުމްލަ 720 ޖީބީ 180 ދުވަހަށް 2،699 ރުފިޔާއަށް ލިބޭނެ ކަމަށެވެ. އެ ޕްލޭން ނެގުމަށް S4GB6M ޖަހާފައި 343 އަށް އެސްއެމްއެސް ކުރުމުން އެކްޓިވޭޓްވާނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ "ސަޅި" ޕްރީޕެއިޑް ޕްލޭންގައި ހިމެނޭ 365 ޖީބީ އެއް އަހަރުގެ މުއްދަތަށް 2،999 ރުފިޔާއަށް ލިބޭނެ ކަމަށާއި އެ ޕްލޭން ނެގުމަށް S1GB1Y ޖަހާފައި 343 އަށް އެސްއެމްއެސް ކުރުމަށް ދިރާގުން ވަނީ އެދިފައެވެ.
ސަޅި ޕްރީޕެއިޑް ޕްލޭންތައް ދިރާގު އެޕް މެދުވެރިކޮށް ވެސް އެކްޓިވޭޓް ކުރެވެން ހުންނާނެ ކަމަށް ދިރާގުން ބުންޏެވެ.
ސަޅި ޕްރީޕެއިޑް ޕްލޭނަކީ ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި މުއްދަތު އިހުތިޔާރު ކުރެވޭގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ. އެ ޕްލޭންއިން ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެ ކަމަށްވެސް ދިރާގުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު