ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް ވަޑައިގެންފިއެވެ.
ފޮރިން މިނިސްޓްރީން މިއަދުކުރި ޓުވީޓެއްގައި ބުނީ ޝާހިދު ލަންކާއަށް ވަޑައިގެންނެވީ އެގައުމުގެ ފޮރިން މިނިސްޓަރު އަލީ ސަބްރީގެ ދައުވަތަކަށް އެގައުމުގެ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ކަމަށެވެ.
އެ ދަތުރުފުޅުގެ ތެރެއިން ޝާހިދު، ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމްސިންހާ އާއި އެގައުމުގެ ބޮޑުވަޒީރު ދިނޭޝް ގުނަވަރުދަނާއާ ބައްދަލުކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ޝާހިދާއެކު އެ ދަތުރުފުޅުގައި ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލާއި ސެކްރެޓަރީ ބައިލެޓްރަލް ޑރ. ހާލާ ހަމީދު ބައިވެރިވަޑައިގެންނެވިއެވެ.