މަގު ކޮނުމާއި ޖަންކްޝަން ފަދަ ތަންތަނުގެ މަތި ނަގައިގެން ކުރާ މަސައްކަތާއި މަގު ބަންދުކޮށްގެން ކުރާ މަސައްކަތަށް ނަގާ ފީ 154 ޕަސެންޓު ބޮޑުކުރުމަށް މާލޭ ސިޓީ ކައުންސިލުން އެކުލަވާލައި އަމަލުކުރަން ފެށި އުސޫލު ބާތިލުކުރުމަށް ސްޓެލްކޯއިން ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.
ސްޓެލްކޯއިން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ، މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ޖެއްސުންކޮށް ލިބޭ ހިދުމަތްތަކުގެ އަގު ބޮޑުކުރުމުގެ ނިޔަތުގައި މާލޭ ސިޓީ ކައުންސިލުން ގާނޫނާ ހިލާފަށް އަމަލުކުރަން ފަށާފައިވާ ދެ އުސޫލެއް ބާތިލުކުރުމަށް ހައިކޯޓަށް ދުސްތޫރީ މައްސަލައެއް މިއަދު ވައްދާފައިވާ ކަމަށެވެ.
ސްޓެލްކޯއިން ބާތިލުކުރަން ހުށަހަޅާފައިވަނީ ސިޓީ ކައުންސިލުން މިދިޔަ މަހުގެ އެއްވަނަ ދުވަހު އަމަލުކުރަން ފަށާފައިވާ މާލޭ ސިޓީގެ މަގުމަތީގައި މަގުބަންދު ނުކޮށް އަދި މަގު ބަންދުކޮށްގެން މަސައްކަތްކުރުމާ ބެހޭ އުސޫލާއި، މަގު ކޮނުމާއި ޖަންކްޝަން ފަދަ ތަންތަނުގެ މަތި ނަގައިގެން އާއްމުކޮށް މަސައްކަތްކުރުމުގެ އުސޫލެވެ.
ސްޓެލްކޯގެ މައި އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވަނީ ސިޓީ ކައުންސިލުން، އަގުތަކަށް ބަދަލު ގެނެސްފައިވަނީ ކުރިން އެންގުމަކާ ނުލައި ކުއްލިއަކަށް ކަމަށާއި އެކަމުގެ ސަބަބުން ސްޓެލްކޯއަށް ދަތިތައް ކުރިމަތިވާ ކަމަށް ވިދާޅުވެފައެވެ.
"މި އުސޫލުގެ ދަށުން، މިސާލަކަށް މަގުމަތީ ބަހައްޓާ ބޯޑެއްގެ އަގު ކުރީގައި 60 ރުފިޔާއަށް ނަގަމުން އައިސްފައި، ކުއްލިއަކަށް މި އުސޫލުގެ ދަށުން 200 ރުފިޔާއަށް ބަދަލު އެބަވޭ. ރޯޑްބްލޮކް ބަހައްޓާ ބޯޑުގެ އަގު، 150 ރުފިޔާ ނަގަމުން އައިސް މިހާރު 300 ރުފިޔާ،" ޝަރީފް ވިދާޅުވެފައިވެއެވެ.
ޝަރީފް ވަނީ ސިޓީ ކައުންސިލުން އެކުލަވާލި އުސޫލު ބާތިލުކުރަން ރައްޔިތުންގެ ހައްގުގައި ކޯޓަށް ދާނެ ކަމަށްވެސް ވިދާޅުވެފައެވެ.
ޝަރީފް ފާހަގަކުރެއްވި ގޮތުގައި ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތަކީ ސަރުކާރާއި ރައްޔިތުން ޖެއްސުމަށް ކުރާ މަސައްކަތެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު