ހެދުމެއްގެ ފަތިޖަހަން މިންނަގަން އުޅުމުގެ ތެރޭގައި ކުއްޖެއްގެ އުރަމަތީގައި ހިފި ކަމަށް ބުނާ މައްސަލަ ސާބިތު ނުވާ ކަމަށް ހުކުމްކޮށްފިއެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު އިއްޔެ ހުކުމް ކުރެއްވި މި މައްސަލައަކީ ސެޕްޓެމްބަރު 20202ގެ ދުވަހެއްގެ މެންދުރު ފަހު، ގެއަކަށް ގޮސް ކުޑަ އަންހެން ކުއްޖެއްގެ ހެދުމެއްގެ ފަތިޖަހަން، އެ ކުއްޖާގެ މިން ނަގަންޖެހޭ ކަމަށް ބުނެ ކުއްޖާގެ އުރަމަތީގައި ހިފައި، ކުއްޖާ ހިފެހެއްޓުމަށްފަހު ކުއްޖާގެ އުރަމައްޗަށް ފިއްތި ކަމަށް ބުނާ މައްސަލައެކެވެ.
ދައުލަތުން މި މައްސަލައިގައި ދައުވާކޮށްފައިވަނީ ބަންގްލަދޭޝްގެ މީހެއްގެ މައްޗަށެވެ. އޭނާއާ ދެކޮޅަށް ކޮށްފައިވަނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ކުށުގެ ދައުވާއެވެ.
އެ މައްސަލައިގައި އިއްޔެ ކުރި ހުކުމުގައި ބުނީ، އެ މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކި ގަރީނާއިން ކުށް ސާބިތުވާ ވަރަށް ހެކި ގަރީނާ ލިބިފައިނުވާ ކަމަށެވެ.
މި މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް އާއްމުކޮށްފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު