ސިވިލް ކޯޓުގެ ގާޒީ ފައްޔާޒު ޝާތިރާއި ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ޒިޔާދާ ތާހިރުގެ ސުލޫކީ މައްސަލައެއް ބަލަން ނިންމާފައިވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.
ޖޭއެސްސީން މިއަދު ބުނީ، ގާޒީ ޝާތިރުގެ ސުލޫކީ މައްސަލަ ބަލަން ނިންމީ ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައެއްގެ އަޑުއެހުންތައް ނިންމާލުމަށްފަހު، މައްސަލައިގެ ހުކުމްނުކޮށް އެއް އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް މައްސަލަ ކުރިއަށް ގެންދިއުމުގައި ފަރުވާކުޑަކޮށްފައިވާ ކަމަށް ތުހުމަތުކޮށް ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެން ކަމަށެވެ.
އެކަމާ ގުޅިގެން އެ މައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލަން ނިންމައި ޝަކުވާ ތަހުގީގު ކުރުމަށް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ބުންޏެވެ.
ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ޒިޔާދާ ތާހިރުގެ ސުލޫކީ މައްސަލައެއް ބަލަން ނިންމީ، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައާއި ކޯޓު ހަވާލުވުމުގެ ކަންކަމުގައި އަދި އެ ކޯޓުން ހިންގަންޖެހޭ ޝަރީއަތުގެ މަޖިލިސްތައް ހިންގުމުގައި ޒިންމާދާރުކަން ކުޑަކޮށް، އަމަލުކޮށްފައިވާ ކަމަށް ބުނާ މައްސަލައަކާ ގުޅިގެންނެވެ
އެ މައްސަލައާ ގުޅިގެންވެސް ޖޭއެސްސީން ވަނީ ބެލުމަށް ތަހިގީގު ކޮމިޓީއެއް އެކުލަވާލައިފައެވެ.