ވިޔަފާރި

އަައިފޯން 15 އަގުބޮޑުވާނެ

އާދަމް ނަސީރު

މިއަހަރުގެ ފަހުކޮޅު ނެރުމަށް ހަމަޖެހިފައވިާ އައިފޯންގެ އާ އަދަދު އައިފޯނު 15 ގެ އަގުތައް މައްޗަށްދާނެ ކަމަށް އެންމެ ފަހުން ލީކް ކުރި ޚަބަރުތައް ބުނެފިއެވެ.

މިހާރުވެސް އެންމެ އަގުބޮޑު ފޯނުކަމަށްވާ އައިފޯނުގެ އަގު އިތުރަށް ބޮޑު ވުމަކީ ފައިސާގެ ދަތިކަން ކުރިމަތިވެފައިވާ އެޕަލްގެ ފޭނުންނަށް ސިހުމެއް ލިބޭނެ ކަމެކެވެ. އެންމެ ފަހުން ނެރުނު އައިފޯން 14 ގައި ހިމެނޭ އައިފޯން 14 އަދި 14 ޕުލަސްގެ ބޮޑު ފޯނުގެ ވިޔަފާރި ދަށްވުމުން ދެން ނެރޭ އައިފޯނުގެ އަގު ހެޔޮ ކުރާނެ ކަަމަށް ބެލެވުނެވެ. އެހެން ނަމަވެސް މިއަަހަރު ނެރޭ އައިފޯން 15 އާއި އައިފޯން 15 ޕްލަސްގެ އަގު ދަށްކޮށް ނުވިއްކާނެ ކަމަށް މިހާރު ވަނީ ބެލެވިފައެވެ.

އައިފޯން 14 ޕްލަސްގެ ވިޔަފާރި އެހާ ގޯސްވެފައި އޮތް ނަމަވެސް “އެޕަލް އިން އައިފޯން 15 ޕްލަސް ލޯންޗް ކުރާނީ އަނެއް 3 މޮޑެލާއި އެކު ކަމަށާއި އައިފޯނުގެ ހުރިހާ މޮޑެލްތަކަކުން 99 ޑޮލަރު އިތުރަށް ބޮޑު ކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިހާރުވެސް އައިފޯން 15 ގެ ފޯނެއް އުފެއްދުމަށް ދާ ހަރަދު 300 ޑޮލަރަށްވެސް ނާރާނެ ކަމަށާއި އެހެން ނަމަވެސް ދެން ނެރޭ އައިފޯނު 15 އުފެއްދުމަށް ކުރާ ހަރަދު ކޮންމެވެސް ވަރެއް ބޮޑުވުމާއި އިންފްލޭޝަން އަދި ފައިދާގެ ނިސްބަތް ކުޑަވުމަކީ މިހާރު ވެސް އޭގެ އަސަރު ކުރަން ފަށާފައިވާ ކަމެއް ކަމަށް ލީކުވެފައިވާ ހަބަރު ތަކުން ޔަގީންކޮށްދެއެވެ.

އައިފޯން 15 ޕްރޯ އަދި އައިފޯން 15 އަލްޓްރާގެ އަގު ބޮޑުވުމަކީ އެމެރިކާގެ އިތުރުން ދުނިޔޭގެ އެހެން ގައުމު ތަކުންވެސް ކަންބޮޑުވާނެ ކަމަކެވެ. ސަބަބަކީ އައިފޯނެއް ނިކުންނަ އިރަށް އެ ފޯނު ގަތުމަށް އެތައް މިލިއަން ޑޮލަރެއް ކޮންމެ ގައުމަކުންވެސް ހަރަދު ކުރަން ޖެހުމެވެ. ރާއްޖޭގައިވެސް މިކަން އޮތީ ހަމަ މިގޮތަށެވެ. ދިވެހި ޒުވާނުންނަކީ ކޮންމެ އަގެއް ދީފައިވެސް އެންމެ ފަހުގެ އައިފޯނު ހޯދާނެ ބައެއްކަން ވަނީ ސާބިތުވެފައެވެ.

ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް އައިފޯނަކީ އަގުބޮޑުފޯނެކެވެ. އެހެން ކަމުން އައިފޯނު އިތުރަށް އަގުބޮޑު ވުމަކީ މީހުން ކުރާ ހަރަދު ބޮޑުވެ ފައިސާގެ އަގު އުފުލިގެންދާނެ ކަމެކެވެ. އެޕަލް އިން ހަމައެކަނި އެމެރިކާގައި އައިފޯނު އަގުބޮޑު ކުރުމުގެ ބަދަލުގައި ހުރިހާ ގައުމެއްގައިވެސް ފޯނު ވިއްކާ އަގު ބޮޑު ކުރުމުން އެކަމުގެ އަސަރު މުޅި ދުނިޔޭގެ އިގަތިސޯދަށް ކުރާނެއެވެ.

އެޕަލްގެ އެހެން އުފެއްދުން ތަކުގެ ތެރޭގައި ހިމެނޭ އައިޕެޑް، މެކްބުކް އަދި މެކްގެ ޕްރޯ ފަދަ އުފެއްދުން ތަކުގެ އަގުވެސް މިއަހަރު ބޮޑު ވުމަކީ ކައިރި ކަމެކެވެ. ނަތީޖާއަކީ ޕްރޯ މޮޑެލްތަކާއި ޕްރޯ ނޫން މޮޑެލްތަކުގެ އަގު 300 ޑޮލަރުގެ ފަރަގެއް ބައެއް ގައުމު ތަކުގައި ހުރުމެވެ.

އަލަށް ނެރޭ އައިފޯން 15، 799 ޑޮލަރަށް ވިއްކާނެކަމަށް ބެލެވޭއިރު އައިފޯން 15 ޕްލަސް 899 ޑޮލަރަށް ބޮޑުވާނެއެވެ. މިހާރު 999 ޑޮލަރަށް ވިއްކާ އައިފޯނު 14 ޕުރޯގެ ބަދަލުގައި އައިފޯން 15 ޕްރޯ 1099 ޑޮލަރުން ފެށިގެން އައިފޯން 15 އަލްޓްރާ 1199 ޑޮލަރަށް ބޮޑުވާނެ ކަމަށް ލީކު ވެފައިވާ މައުލޫމާތު ތަކުން އެނގެއެވެ. އެހެން ކަމުން ކޮންމެ ފޯނަކުން 100 ޑޮލަރު ބޮޑުވާނެއެވެ.