ޚަބަރު

ރިސޯޓް ތަރައްގީކުރަން 16 ތަން ބިޑަށް، ފެށޭ އަގު ދެލައްކަ ޑޮލަރުން މަތީގައި!

މުހައްމަދު އިޝާން

ރިސޯޓު ތަރައްގީކުރަން 16 ތަނެއް ހުޅުވާލައި ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދުކުރި އިއުލާނެއްގައި ބުނީ، ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާފައިވަނީ މިއަދުން އޮގަސްޓް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި މައުލޫމާތު ސާފު ކުރުމުގެ ބައްދަލުވުން އަންނަ މާޗު މަހުގެ ފަސް ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ޒޫމް މެދުވެރިކޮށް އޮންނާނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން ރިސޯޓު ތަރައްގީކުރަން ހުޅުވާލި ތަންތަނުގެ ބީލަން އަގަކީ 250،000 ޑޮލަރުން ފެށިގެން 2،250،000 މިލިއަން ޑޮލަރެވެ. އޭގެ ތެރެއިން ބީލަމުގެ އަގު އެންމެ ބޮޑީ މާލެ އަތޮޅުންނާއި ފާފު އަތޮޅުން ރިސޯޓު ތަރައްގީ ކުރަން ހުޅުވާލި ތަންތަނުގައެވެ. އެންމެ ކުޑަ އަގެއް ދައްކަން ޖެހެނީ ރ. އަތޮޅު، މ. އަތޮޅުގައި ރިސޯޓު ތަރައްގީކުރަން ހުޅުވާލި ތަންތަނަށެވެ.

ރިސޯޓު ތަރައްގީކުރަން ބީލަމަށް ހުޅުވާލާފައިވާ ތަންތަނާއި އަގު:

  • ހއ. އަލިދުއްފަރުފިނޮޅު - 350،000 ޑޮލަރު
  • ހއ. މެދުފުށި - 875،000 ޑޮލަރު
  • ހދ. ކުޑަފަރުފަސްގަނޑު - 200،000 ޑޮލަރު
  • ރ. އެއްތިގިލި އަދި ރ. އަލިފުށި ފަޅުން 10 ހެކްޓަރު - 250،000
  • ކ. ކާށީދޫ ފަޅުގެ ސަރަހައްދުން ބައެއް - 2،250،000
  • މ. ބޯހުރާ - 288،500
  • ފ. ނިލަންދޫ ފަޅުގެ ސަރަހައްދުން ބައެއް - 2،250،000
  • ފ. ނިލަންދޫ ފަޅުގެ ސަރަހައްދުން ބައެއް - 2،250،000
  • ތ. އޮޅުފުށިފިނޮޅު (އޮޅުފުށިފިނޮޅާއެކު) - 700،000 ޑޮލަރު
  • ތ. އޮޅުފުށިފިނޮޅު - 700،000 ޑޮލަރު
  • ގއ. ބޭރަމައުއްޑޫ - 431،200 ޑޮލަރު
  • ގއ. ފުނަދޫވިލިގިއްލާ - 700،000 ޑޮލަރު
  • ގދ. ހާދުއާ - 560،000 ޑޮލަރު
  • ގދ. ކަޅެހުއްޓާ - 575،300 ޑޮލަރު
  • ގދ. ފެރޭތަވިލިނގިލި، ދެކާނބާ، ކޮޑެރަޓާ (ކްލާސްޓާއެއްގެ ގޮތުގައި) - 700،000 ޑޮލަރު
  • ގދ. ފެރޭތަވިލިނގިލި ކައިރީ އޮންނަ ފަޅުރަށެއް (ފެރޭތަވިލިނގިލިއާއެކު) - 700،000 ޑޮލަރު

ޓޫރިޒަމް މިނިސްޓްރީން ބުނީ އެ ތަންތަނަށް ބިޑު ހުށަހަޅާ ފަރާތްތަކުން ބިޑް ސެކިއުރީގެ ގޮތުގައި 50،000 ޑޮލަރު ދައްކަން ޖެހޭނެ ކަމަށެވެ. އަދި އެއީ ނަން ރީފަންޑަބަލް ހުށަހެޅުމެއް ކަމަށެވެ.