އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ނިންމުމުގެ ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަލުން އައްޑޫ ސިޓީއަށް ވަޑައިގަންނަވަން ނިންމައިފިއެވެ.

ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ތެރެއިން ރައީސް ވަނީ މިދިޔަ ހަފުތާގައި އައްޑޫ ސިޓީއަށް ވަޑައިގެންފައެވެ. ރައީސްގެ އެ ދަތުރުފުޅުގައި އައްޑޫގެ ހުރިހާ ރަށަކަށްވަޑައިގެން ރައްޔިތުންގެ ވާހަކަތައް އަޑުއައްސަވައި ދޮރުންދޮރަށް ހިންގެވިއެވެ.

ރައީސްގެ ކެމްޕެއިން ޓީމުން ބުނި ގޮތުގައި، ޕްރައިމަރީގެ ކެމްޕޭން ނިންމުމުގެ ބޮޑު ޖަލްސާ އޮންނާނީ އަންނަ ބުރާސްފަތި ދުވަހު ހިތަދޫ ސިޓީ ބާޒާރު ސަރަހައްދުގައެވެ. އެ ޖަލްސާ އޮންނާނީ ރޭގަނޑު 8:30 ގައެވެ.

އަންނަ ބުރާސްފަތި ދުވަހު ރައީސް އައްޑުއަށް ވަޑައިގަންވާއިރު ރައީސް ނަޝީދު މިއަދު ހަވީރު އައްޑުއަށް ވަޑައިގަންނަވާނެއެވެ.