ގައުމީ ވޮލީބޯޅަ މުބާރާތް

ގައުމީ ވޮލީ މުބާރާތް: އީގަލްސްއާއި ވެމްކޯ ފެށުން ރަނގަޅުކޮށްފި

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ މެޗުތަކުން ކްލަބް އީގަލްސްއާއި ކްލަބް ވެމްކޯ މޮޅުވެއްޖެއެވެ.

ގައުމީ އަންހެން ވޮލީ މުބާރާތް އިއްޔެ ހަވީރު ފަށާފައިވާ އިރު، ފުރަތަމަ މެޗުގައި ވަރުގަދަ އީގަލްސް ނުކުތީ ކްލަބް ވޮލީބޯލާ ދެކޮޅަށެވެ. އެ މެޗު 3-2 ސެޓުން އީގަލްސް ކާމިޔާބުކުރި އިރު، ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މެޗުގެ ފުރަތަމަ ދެ ސެޓު އީގަލްސް އިން ގެންދިޔައީ 27-25، 27-25 އިންނެވެ. މެޗުގެ ތިންވަނަ ސެޓަށް ކްލަބް ވޮލީބޯލްގެ ކުޅުން ރަނގަޅުކޮށް، ދެން ކުޅުނު ދެ ސެޓު އެ ޓީމުން ގެންގޮސްފައި ވަނީ 22-25، 16-25 އިންނެވެ. މެޗު ފަސްވަނަ ސެޓަކަށް ގޮސް، ނަތީޖާ ނެރެން ކުޅުނު ސެޓުގައި އީގަލްސްއިން ކުރިހޯދީ، 15-09 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އީގަލްސްއަށް ކުޅޭ ކޮލަމްބިއާގެ މަނުއެލާ ސިއޭރާއެވެ.

މުބާރާތުގައި ރޭ ކުޅުނު ވެމްކޯއާއި ޕޮލިހެވެ. އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ކައިރިން ވެމްކޯ ވަނީ ސީދާ ތިން ސެޓިން މެޗު ކާމިޔާބު ކޮށްފައެވެ.

ވެމްކޯއިން ސެޓުތައް ގެންދިޔައީ 25-17، 25-23 އަދި 25-20 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެމްކޯ ޓީމުގެ ސެޓަރު، ފާތިމަތު ޖޫޒާން ޒަރީރެވެ.

ގައުމީ މުބާރާތުގެ ފޯމެޓް ރޭވިފައި އޮތީ، ހަތަރު ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށްފަހު އެއްވަނަ ޓީމަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭ ގޮތަށެވެ. ފައިނަލްގެ ދެވަނަ ޖާގަ ދެން ކަނޑައަޅާނީ ދެވަނައާއި ތިންވަނަ ޓީމުގެ މެދުގައި ސެމީ ފައިނަލެއް ކުޅުމަށްފަހުއެވެ.

މުބާރާތުގައި މިިއަދުވެސް ދެ މެޗެއް ކުޅޭނެއެވެ. ހަވީރު 4:15 ގައުމީ ވޮލީ މުބާރާތް: އީގަލްސްއާއި ވެމްކޯގައި ފަށާ މެޗުގައި އީގަލްސް ބައްދަލުކުރާނީ ޕޮލިހާ ދެކޮޅަށެވެ. އަދި މިރޭ 8:15 ގައި ވެމްކޯއިން ކްލަބް ވޮލީބޯލްއާ ދެކޮޅަށް ނުކުންނާނެއެވެ.