ހއ. ތަކަންދޫ ކައުންސިލަށް އަންހެން މެންބަރަކު އިންތިހާބު ކުރަން މިއަދު ބޭއްވި ބައި-އިލެކްޝަން، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ކާމިޔާބުކޮށްފިއެވެ.
ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށް ދިޔައީ މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.
ތަކަންދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަ ގޮނޑި، އެމްޑީޕީގެ ފާތިމަތު ޝައުފާ ކާމިޔާބުކުރީ އަމިއްލަ ގޮތުން ކުރިމަތިލި ފަހީމާ މުހައްމަދުއާ ވާދަކޮށެވެ.
އިންތިހާބުގައި ފަހީމާއަށް ލިބިފައިވަނީ 203 ވޯޓެވެ. އެމްޑީޕީގެ ކެނޑިޑޭޓު ފާތިމަތު ޝައުފާއަށް 237 ވޯޓު ލިބިފައިވެއެވެ.
މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 675 މީހަކަށް ލިބިގެންވާއިރު، ޖުމުލަ 448 މީހުން ވޯޓު ލާފައިވެއެވެ. އޭގެ ތެރެއިން ސައްހަ ވޯޓުގެ އަދަދަކީ 440 އެވެ.