ބަރުލަމާނީ ނިޒާމެއްގައި ރާއްޖޭގެ ބޮޑުވަޒީރު ކަމުގެ މަގާމަށް ކުރިމަތިލައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله ވިދާޅުވެއްޖެ އެވެ.
"ސޯސަލް"ގެ ފަސް ސުވާލު ޕްރޮގްރާމުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާނަންތޯ ކުރި ސުވާލަށް ޖަވާބު ދެވަމުން އީވާ ވިދާޅުވީ، ރިޔާސީ ނިޒާމަކީ އޭނާ ގަބޫލުކުރާ އެއްޗެއް ނޫން ކަމަށެވެ. އަދި ބަރުލަމާނީ ނިޒާމެއްގައި ބޮޑުވަޒީރު ކަމަށް އޭނާ ކުރިމަތިލައްވާނެ ކަމަށް ވިދާޅުވިއެވެ.
އީވާ އެހެން ވިދާޅުވި އިރު, ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނެސް ބޮޑުވަޒީރު ކަމަށް އައުމަށް އެންމެ ގަދައަށް މަސައްކަތްކުރައްވާ އެއް ބޭފުޅަކީ އީވާގެ އެންމެ އަރިސް އެއް ބޭފުޅެއް ކަމަށްވާ، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
ރައީސް ނަޝީދަށް ތާއީދުކުރައްވަނީ ކީއްވެގެންތޯ ސުވާލުކުރުމުން އީވާ ވިދާޅުވީ, އެ މަނިކުފާނަކީ ވަރަށް ވިޝަނަރީ ލީޑަރެއް ކަމަށެވެ. އެގޮތުން ރައީސް ނަޝީދު ކުރެއްވި ކަންކަމަކީ ދުވަހަކުވެސް ރާއްޖޭގެ ރައްޔިތުން ހިޔާލަށްވެސް ނުގެންނަ ކަންތައް ކަމަށެވެ.
"އަޅުގަނޑު މުޅި ހަޔާތް މި ދަނީ ރައީސް ނަޝީދުގެ ފަހަތްޕުޅުގައި އޮބްޒާވްކުރުމުގައި. ވަރަށް ގާތުން އޮބްޒާވްކުރުމުގައި. އަބަދުވެސް, އަބަދުވެސް, އަބަދުވެސް އިސްކަން ދެއްވާނީ ގައުމަށާއި ރައްޔިތުންނަށް," އީވާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު