އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ފަޅީގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއިދުކުރައްވަން ނިންމަވައިފިއެވެ.
ސިރާޖް އެކަން އިއުލާން މިކުރެއްވީ، މިރޭ ރައީސް ސޯލިހް ލާމަށް ވަޑައިގަންނަވަން ނިންމަވާފައި ވަނިކޮށެވެ.
ސިރާޖު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހަށް ތާއިދުކުރައްވަން ނިންމެވީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނެ ކެންޑިޑޭޓަކާ އެކު ނުކުންނެވުން މުހިންމުކަމަށް ދެކެވަޑައިގަންނަވާތީ ކަމަށެވެ. އަދި ފޮނަދޫ ދާއިރާގެ ރައްޔިތުން ވެސް ބޭނުންވަނީ އޭނާ ރައީސް ސޯލިހަށް ތާއިދުކުރައްވަން ކަމަށެވެ.
"ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދެވޭނެ ކެންޑިޑޭޓަކާއެކު އިންތިހާބަށް ނުކުތުން މުހިންމު ކަމަށް ފެންނާތީ، ދާއިރާގެ ރައްޔިތުންގެ މަޝްވަރާއާއެކު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ތާއީދުކުރުމަށް ނިންމައިފިން،" ސިރާޖު ވިދާޅުވިއެވެ.
ސިރާޖަކީ މީގެ ކުރިން ނަޝީދުއަށް ވަރަށް ބޮޑަށް ތާއިދުކުރެއްވި ފަރާތަކެވެ. އެގޮތުން އޭނާ ވަނީ ނަޝީދު ބޭނުންވެވަޑައިގަންނަވާ ގޮތަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރެއްވުމަށް ތާއިދުކުރައްވައި ގިނަ ވާހަކަތެއް ދައްކަވައިފައެވެ. އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވެސް ސިރާޖު ތާއިދުކުރައްވައި ކެމްޕޭންކޮށްދެއްވީ ނަޝީދުގެ ތާއީދާއެކު އެ އިންތިހާބުގައި ވާދަކުރެއްވި ރައްޔިތުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އަށެވެ.
ޗެއާޕާސަން އިންތިހާބުގައި ސިރާޖު ވަނީ އެކި ކެމްޕޭން ބައްދަލުވުންތަކުގައި ސަރުކާރަށް ފާޑު ވިދާޅުވެ، ވާހަކަ ދައްކަވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު