ހއ. އިހަވަންދޫގައި ހޮސްޕިޓަލެއް ހަދަން ބަޔަކާ ހަވާލުކޮށްފިއެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އިހަވަންދޫގައި ހޮސްޕިޓަލެއް ހަދަން ހަވާލުކުރީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއެވެ. އެ މަސައްކަތް ނިންމަން އެ ކުންފުންޏަށް ދީފައިވާ މުއްދަތަކީ 18 މަސް ދުވަހެވެ.
ޖުމުލަ 123.3 މިލިއަން ރުފިޔާއަށް ހަވާލުކުރި މި މަޝްރޫއަށް ފައިނޭންސް ކުރަން ނިންމާފައިވަނީ ބޭންކް އޮފް މޯލްޑިވްސް އިންނެވެ.
މި މަޝްރޫއުގެ ދަށުން އިހަވަންދޫގައި 30 އެނދުގެ ހޮސްޕިޓަލަކާއި އެކޮމޮޑޭޝަން އިމާރާތަކާއި ސާވިސް އިމާރާތެއް ހަދަން ވަނީ ނިންމައިފައެވެ.
ހެލްތް މިނިސްޓްރީން ވަނީ މި މަހުގެ ތެރޭގައި ނ. ކެނދިކުޅުދޫ އާއި ޅ. ހިންނަވަރުގައިވެސް 30 އެނދުގެ ހޮސްޕިޓަލެއް ހަދަން ބަޔަކާ ހަވާލުކޮށްފައެވެ. އެ ދެ ހޮސްޕިޓަލްގެ މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރީ ސާސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.