ސަތޭކަ އެމްބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑުތަކާއެކު އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ށ. ބިލެތްފައްސަށް ތައާރަފުކޮށްފިއެވެ.
އުރީދޫން މިއަދު ބުނީ ބިލެތްފަހީގެ ރައްޔިތުންނަށް ފަސޭހަކަމާއެކު މި ހިދުމަތް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ޕްރޮމޯޝަނެއް ފަށާފައިވާ ކަމަށެވެ.
މާޗް 31 ގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން ފައިބާ ސުޕަނެޓް ކަނެކްޝަނަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ހިލޭ ރައުޓަރު ލިބޭނެއެވެ. އަދި 500 ރުފިޔާގެ މަތީ ޕެކޭޖްތައް ނަގާ ކަސްޓަމަރުންނަށް ފުރަތަމަ ތިން މަހު 100 ޕަސެންޓް ބޯނަސް ޑޭޓާ ލިބޭނެ ކަމަށް ބުންޏެވެ.
ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އެ ކުންފުނީގެ ސުޕަނެޓް ޕެކޭޖުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ.
އެ ބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް ފަސްގުނަ އިތުރު ސްޕީޑާއެކު 100 އިންސައްތައާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބިގެންދެއެވެ.
އޭގެ އިތުރުން ސުޕަނެޓް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށްވެސް ޑޭޓާ ރޯލް އޯވާގެ ހިދުމަތާއެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ، އަނެއް މަހުގެ ޕެކޭޖު އިންކްލޫސިވް ޑޭޓާއަށް އިތުރުވެގެންދާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު