ދިރާގުގެ ކަސްޓަމަރުންނަށް 500 ރުފިޔާއަށް 70 ޖީބީ ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ދިރާގުން މިއަދު ބުނީ އެކުންފުނިން މިހާރު ކުރިއަށްގެންދާ ޕްރޮމޯޝަނާ އެކު ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ހެޔޮ އަގުގައި އިތުރު ޑޭޓާ ލިބޭނެ ކަމަށެވެ. އެގޮތުން ލިމިޓެޑް ޓައިމް އެޑް-އޮންގެ ދަށުން ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް 500 ރުފިޔާއަށް 70 ޖީބީ ނެގޭނެ ކަމަށެވެ.

ތިރިސް ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭ މި އެޑް-އޮން ދިރާގު [އެޕް](https://bit.ly/Dhiraagu-App) މެދުވެރިކޮށް ނުވަތަ 343 އަށް ކީވޯޑް "M500" ޖަހާފައި އެސްއެމްއެސް ކޮށްލައިގެން ވެސް ނެގޭނެއެވެ.

ދިރާގުން ބުނީ އެކުންފުނީގެ ސްޓޭންޑާޑް ޕްރީޕެއިޑް ޕްލޭންތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ތަފާތު ގިނަ ޕްލޭންތަކެއް ފަރުމާކުރެވިފައިވާ ކަމަށެވެ. އެއީ:

  • ދިރާގު ކޮމްބޯ ޕްލޭންސް - މިއީ ކަސްޓަމަރުން ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް ހިމެނޭ ގޮތަށް ފަރުމާކުރެވިފައިވާ ޕްލޭނެއް
  • ސަޅި ޕްރީޕެއިޑް ޕްލޭންސް - ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިހުތިޔާރު ކުރެވޭގޮތަށް ފަރުމާކޮށްފައިވާ މި ޕްލޭނުން ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށްވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅޭނެ
  • މަމެން - ޒުވާނުންނަށް ހާއްސަކޮށްގެ ފަރުމާކޮށްފައިވާ މި ޕްލޭންއަކީ ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް އެލަވަންސް ބޭނުންގޮތަކަށް ފަރުމާކޮށްލެވޭ ޕްލޭނެއް. އަދި މަމެން ކަސްޓަމަރުންނަށް ކްރެޑިޓް އެހެން މަމެން ޔޫޒަރުންނަށް ޓްރާންސްފާވެސް ކޮށްލެވޭނެ