މަނީލޯންޑަރިންއާއި ރިޝްވަތު ދިނުމުގެ މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ޖަލު ހުކުމުގެ ޝަރީއަތް ނިމުނު ގޮތުގެ ތަފުސީލީ ރިޕޯޓު ކުރިމިނަލް ކޯޓުން ދޫކޮށްފިއެވެ.
އެ ރިޕޯޓު ލިބިފައިވާ ކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ވަނީ ޔަގީން ކޮށްދެއްވައިފައެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމު މިއަދު ވިދާޅުވީ، ކްރިިމިނަލް ކޯޓުން ރައީސް ޔާމީނަށް ކުރި ހުކުމް މަތީ ކޯޓުގައި އިސްތިއުނާފު ކުރުމަށް ބޭނުންވާ ޝަރީއަތް ހިންގި ގޮތުގެ ތަފުސީލީ ރިޕޯޓް މިއަދު ލިބިފައިވާ ކަމަށެވެ. އެހެންކަމުން ދެން ކުރިއަށް އޮތީ ބުރަ ދުވަސްކޮޅެއް ކަމަށް ވިދާޅުވިއެވެ.
ވ. އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެ ރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްގެން ހިންގެވި ހިޔާނާތުގެ މައްސަލަތަކުގައި ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ހުސްވި ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.
ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ކުރަން ލިބެނީ 60 ދުވަހެވެ.
ޚަބަރު
ޚަބަރު
ޚަބަރު