ރޭ ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ފެނުނީ ލިވަޕޫލްގެ އެންމެ ދަށް އެއް މެޗު ކަމަށް ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.
ލިވަޕޫލުން ވޯލްޑް ކަޕަށްފަހު ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ބަލިވެފައިވާ އިރު، ރޭ ބްރައިޓަން އަތުން ބަލިވީ 3-0ގެ ނަތީޖާއަކުންނެވެ. އޭގެ ކުރިން ބްރެންޓްފޯޑް ކައިރިންވެސް ލިވަޕޫލް ބަލިވެފައިވާ އިރު، އެ ޓީމުން މިވަގުތު އޮތީ ލީގު ތާވަލުގެ ނުވަ ވަނައިގައެވެ. މިދިޔަ ސީޒަން ދެވަނައިގައި ނިންމާލި ލިވަޕޫލާއި މި ވަގުތު ލީގުގެ އެއްވަނައިގައި އޮތް އާސެނަލްއާ ދެމެދު 16 ޕޮއިންޓްގެ ފަރަގެއް އެބަ އޮތެވެ.
"އަހަރެން ހަނދާނެއް ނެތް މިއަށްވުރެ ދަށް މެޗެއް. އަހަރެން މި ބުނަނީ ސީދާ ތެދަށް. ބްރައިޓަން މޮޅަށް ކުޅެ، އޯގަނައިޒް ޓީމެއްގެ ތަފާތު ދެއްކި. މި ނަތީޖާއާއެކު ވަރަށް ބޮޑަށް މާޔޫސްވެފައި މިހުރީ. މި ކަހަލަ މެޗަަކަށްފަހު މާޔޫސް ނުވާންވީ ސަބަބެއްވެސް ނެތް،" ކްލޮޕް ބުންޏެވެ.
ރޭގެ މެޗަށްފަހު ސަޕޯޓަރުން ކައިރިއަށް ގޮސް ކްލޮޕް މައާފަށް އެދުނުތަން ފެނިފައިވާއިރު، މިއީ ކްލޮޕް ޓީމާ ހަވާލުވި ފަހުން އެންމެ ދަށް އެއް ސީޒަނެވެ. 2015 ވަނަ އަހަރު ލިވަޕޫލާ ކްލޮޕް ހަވާލުވި އިރު، އޭގެ ފަހުން ކޮންމެ ސީޒަނެއްގައިވެސް ދިޔައީ ކުރިއެރުންތައް ހޯދަމުންނެވެ. ނަމަވެސް މި ސީޒަން ފެންނަނީ ވަރަށް ބޮޑަށް ދަށް ކޮށެވެ.
ލިވަޕޫލުން ލީގުގައި މިހާތަނަށް 18 މެޗު ކުޅެފައިވާ އިރު، 26 ޕޮއިންޓް ވަނީ ގެއްލިފައެވެ. އެއީ މިދިޔަ ސީޒަން އެއްކޮށް ނިމުނު އިރު، ގެއްލުނު ޕޮއިންޓަށްވުރެ ހަތަރު ޕޮއިންޓް އިތުރު އަދަދެކެވެ.
ޔާގަން ކްލޮޕް
ޔާގަން ކްލޮޕް
ޔާގަން ކްލޮޕް
ޔާގަން ކްލޮޕް