އުރީދޫ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ކްރީޕް ރަނާ މޯލްޑިވްސް އިން 10 ޕަސަންޓް ޑިސްކައުންޓް ދޭން ނިންމައިފިއެވެ.
އުރީދޫން އިއްޔެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ކްލަބް ޕްރީމާއާ ކަސްޓަމަރުންނަކީ އެ ކުންފުނީގެ އެންމެ އަގުހުރި ކަސްޓަމަރުން ކަމަށެވެ. އެހެންވެ، ކްލަބް ޕްރީމިއާގެ ކޮންމެ ކަސްޓަމަރަކަށްވެސް ކްރީޕް ރަނާއަށް ގޮސް އުރީދޫ އެޕުން ކްލަބް ޕްރިމިއާ ކާޑް ދައްކާލުމުން ޑިސްކައުންޓް ލިބޭނެ ކަމަށް ބުންޏެވެ.
ސްރީ ލަންކާގެ އުފެއްދުމެއް ކަމައްވާ ކްރީޕް ރަނާއަކީ ތަފާތު ވައްތަރުގެ ފޮނި އަދި ކުޅި ކްރިޕޭ ތައްޔާރުކުރުމުގައި މަޝްހޫރު ތަނެކެވެ.
އުރީދޫގެ ކްލަބް ޕްރީމީއާ ވަދެވޭނީ އުރީދޫން ކަނޑައަޅާ ޝަރުތުތައް ފުރިހަމަވާ ކަސްޓަމަރުންނަށް އެ ކުންފުނިން ދޭ ދައުވަތަކުންނެވެ. ދައުވަތު ދިނުމުގައި އުރީދޫގެ ނެޓްވޯކުގައި ހޭދަކުރާ މުއްދަތާއި ބޭނުންކުރާ މިންވަރު އަދި ބިލަށް ފައިސާ ދެއްކުން ފަދަ ކަންކަމަށް އުރީދޫން ބަލައެވެ.
އުރީދޫން އަބަދުވެސް ގެންދަނީ ޕްރީމީއާ ކްލަބުގެ ކަސްޓަމަރުންނަށް ހާއްސަ އޮފާތަކާއި ޕްރޮމޯޝަންތައް ތައާރަފު ކުރަމުންނެވެ.
ޚަބަރު
ޚަބަރު