މާލޭގައި ޑެންޓަލް ފަރުވާ ދިނުމަށް މަޝްހޫރު ކްލިނިކް، ވައިޓަލް ކެއާގެ ހިދުމަތްތަކަށް އުރީދޫގެ އެމް ފައިސާ މެދުވެރިކޮށް ފައިސާ ދެއްކުމުން ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް އުރީދޫން ފަށައިފިއެވެ.
އެ ޕްރޮމޯޝަންގެ ކުރިއަށް ގެންދަން ނިންމާފައިވަނީ މިމަހުގެ ނިޔަލަށެވެ.
އުރީދޫން މިއަދު ބުނީ އެ ޕްރޮމޯޝަންގެ ދަށުން ވައިޓަލް ކެއާއިން ހިދުމަތްތައް ހޯދަން އެމް ފައިސާ މެދުވެރިކޮށް ކުރާ ކޮންމެ ހިދުމަތަކަށް ފަސް ޕަސަންޓުގެ ޑިސްކައުޓެއް ލިބޭނެ ކަމަށެވެ.
އެމް-ފައިސާ އަކީ އުރީދޫން ތައާރަފު ކޮށްފައިވާ ޑިޖިޓަލް ވޮލެޓެކެވެ. އެމް ފައިސާ ބޭނުން ކޮށްގެން ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވުމާއި އެކި ހިދުމަތްތަކަށް ފައިސާ ދެއްކެން ހުންނާނެވެ.
އުރީދޫން ގެންދަނީ އެމް ފައިސާ މެދުވެރިކޮށް ގިނަ ހިދުމަތްތަކަކަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސަމުންނެވެ.
ޚަބަރު
ޚަބަރު