އިނގިރޭސި އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި ރޭ ކުޅުނު މެޗުގައި އާސެނަލުން އޮކްސްފޯޑް ޔުނައިޓެޑް ބަލިކޮށްފިއެވެ.
އާސެނަލުން ރަށުން ބޭރުގައި އޮކްސްފޯޑާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބު ކޮށްފައިވާ އިރު، އެ ޓީމުން ހަތަރުވަނަ ބުރުގައި ނުކުންނަން ޖެހޭނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ. ސިޓީން ހަތަރު ވަނަ ބުރު ޔަގީންކުރީ ޗެލްސީއާ ދެކޮޅަށް ކުޅުނު ތިންވަނަ ބުރުގެ މެޗު، 4-0 އިން ކާމިޔާބު ކޮށްގެންނެވެ.
ރޭގެ މެޗަށް އާސެނަލް ނުކުތީ މުޅިން ހުދު ޖާޒީއެއްގައެވެ. އެ ޖާޒީއަކީ ހާއްސަ މެސެޖެއް ދިނުމަށް އާސެނަލުން ލީ ޖާޒީއެކެވެ. އެ މެސެޖަކީ ލަންޑަނުގައި ވަޅީގެ ހަމަލާތައް ގިނަވަމުންދާތީ، އެކަމާ ދެކޮޅަށް ކުރިއަށްގެންދާ "ނޯ މޯ ރެޑް" ކެމްޕެއިނުން ދޭން ބޭނުންވި މެސެޖަކަށް އާސެނަލުން ލީ ޖާޒީއެކެވެ.
ލީގު ވަންގެ އޮކްސްފޯޑުން ރޭގެ މެޗުގެ ފުރަތަމަ ހާފުގައި އާސެނަލް ހިފަހައްޓަން ރަނގަޅު މަސައްކަތްތަކެއް ކުރިއެވެ. މެޗުގެ ފުރަތަމަ ހާފްގައި އާސެނަލްގެ މިޑްފީލްޑަރު ސަމްބީ ލޮކޮންގާ ޖެހި ބޯޅައެއްގައި، އޭރިއާ ތެރެއިން އޮކްސްފޯޑް ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުނު ނަމަވެސް ރެފްރީ ޕެނަލްޓީ ދީފައެއް ނުވެއެވެ.
ފުރަތަމަ ހާފްގައި އާސެނަލުން ގޯލަކަށް ބުރަކޮށް މަސައްކަތް ކުރިނަމަވެސް އޮކްސްފޯޑުން ހިފެހެއްޓިއެވެ. މެޗުގައި އާސެނަލްގެ ތިން ގޯލްވެސް އާސެނަލަށް ލީޑުނަގައިދިން ގޯލު ޖެހީ ދެވަނަ ހާފްގައެވެ. މެޗުގެ 63 ވަނަ މިނިޓްގައި މުހައްމަދު އެލްނެނީ އާސެނަލަށް ލީޑު ނަގައިދިން އިރު، އޭގެ ހަތް މިނިޓް ފަހުން، މެޗުގެ 70 ވަނަ މިނިޓްގައި ފަބިއޯ ވިއޭރާ ދިން ބޯޅައަަކަށް ހުސްކޮށް އަރައި، އާސެނަލްގެ ފޯވާޑް އެޑީ އެންކެޓިއޭ ވަނީ ދެވަނަ ގޯލެއްވެސް ޖަހައިފައެވެ.
އޮކްސްފޯޑްގެ ކީޕަރު، އެޑްވާޑް މެކްގިންޓީ ކައިރިން ނައްޓާފައި އެންކެޓިއާ އެ ގޯލް ޖެހި އިރު، މެޗުގެ 76 ވަނަ މިނިޓްގައި އާސެނަލްގެ ފަހު ލަނޑުވެސް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ، އެންކެޓިއޭއެވެ.
ގަތަރު ވޯލްޑް ކަޕް 2022 ގައި ބްރެޒިލަށް ކުޅުނު މެޗެއްގައި އާސެނަލްގެ ފޯވަޑް ގެބްރިއަލް ޖީސަސްއަށް އަނިޔާވެފައިވާ އިރު، އޭގެ ފަހުން އާސެނަލްގެ ފޯވަޑް ލައިނަށް ނުކުތީ އެންކެޓިއާއެވެ. އެންކެޓިއާގެ ފަރާތުން ހުނަރިވެރި މޮޅު ކުޅުމަށް ލިބުނު ފުރުސަތުގައި ފެނިގެންދާ އިރު، ރޭގެ މެޗަށްފަހު ކޯޗު މިކޭލް އާޓެޓާ ވަނީ ފޯވަޑަށް ތައުރީފްވެސް ކޮށްފައެވެ.
އިނގިރޭސި އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުުގެ މެޗުތައް އޮންނާނީ މިމަހު ފަހުކޮޅުގައެވެ.
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް