ދ. ކުޑަހުވަދޫގައި ހައުސިން ޔުނިޓުތަކެއް ހަދާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ، ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުޑަހުވަދޫގައި 50 ހައުސިން ޔުނިޓް ހަދަން ބަޔަކު ހޯދަނީ ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީގެ އެދުމުގެ މަތިން ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ދީފައިވާ މައުލޫމާތަށް ބަލައި އިރު، މި މަޝްރޫއުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 260،000 ރުފިޔާ ދައްކަންޖެހެއެވެ. އަދި ބިޑުތައް ހުޅުވުން އޮންނާނީ އަންނަ މަހުގެ 14 ވަނަ ދުވަހުއެވެ.
ކުޑަހުވަދޫގައި ހައުސިން ޔުނިޓުތަކެއް ހަދަން ބަޔަކު ހޯދާއިރު، ފުވައްމުލަކާއި ކޮމަންޑޫގައިވެސް ހައުސިން ޔުނިޓުތަކެއް ހަދާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު