އައިފޯނުގެ އެންމެ ބޮޑު ޖާގައެއް (ސްޓޯރޭޖް ސްޕޭސް) އެންމެ ގިނަ ބަޔަކު ދުއްވާލަނީ ފޮޓޯތަކާއި ވީޑިއޯ ތަކާއި އޭގެ އިތުރުން އަމިއްލައަށް ނަގާ ސްކްރީންޝޮޓް ތަކަށެވެ. މައްސަލައަކީ، ކޮންމެ ފޮޓޯއެއް ނުވަތަ ވީޑިއޯއެއް އެކި ފަހަރު އެކި ގޮތަށް ނަގަމުންގޮސް (ޑުޕްލިކޭޓް) ކުރުމާއި ސާފު ނުވާ (ބްލަރީ ޝޮޓް) ނެގުމަކީ އާންމު ކަމެކެވެ. ގިނަ މީހުން ވަގުތުން ޑިލީޓް ނުކޮށް، ކުރިއަށް އޮތްތަނުގައި ކޮންމެވެސް ހިސާބަކަށް އެ މަސައްކަތެއް ދޫކޮށްލަ އެވެ.
އައިފޯން ތަކަކީ އެސްޑީ ކާޑު ލައްވައިގެން ސްޓޯރޭޖް އިތުރަށް ބޮޑު ކުރެވޭ ފޯނެއް ނޫނެވެ. ބައެއް ފަރާތްތަކުން ފޯނުގެ ޖާގަ ނުވަތަ ސުޓޯރޭޖް ފުރުމުން އެ ފޯނު ބޭއްވުމަށްފަހު އާ ފޯނު ގަނެފައިވެސް އެބަހުއްޓެވެ. އެހެން ކަމުން އާ ފޯނެއް ގަންނަންވީތޯ ނުވަތަ ފޮޓޯ ލައިބްރަރީގައި އެތައް ހާސް ފޮޓޯތަކާއި ވީޑިއޯތަކެއް ވަކި ގޮތަކަށް ތަރުތީބު ކޮށްލުމުން ފޯނުން ބޮޑު ޖާގައެއް އިތުރު ކުރެވޭ ކަން މިއީ ގިނަ މީހުންގެ ހިޔާލުގައި، ސިކުނޑީގައި ހުރިކަމެއް ނޫނެވެ. ފޮޓޯ ލައިބްރަރީ ބޮޑުވަމުން ފޮޓޯ ގިނަވަމުން އަންނަނީ ކޮންޓްރޯލެއް ނެތިއެވެ. އަހަރެމެން ގެންގުޅޭ މޮޅު އައިފޯނުގެ އެންމެ އަސާސީ އެއް ކަމަކީވެސް ޖެހޭހާ އެއްޗެއް ފޮޓޯ ނެގުމެވެ.
އެހެން ކަމުން ފޮޓޯ ތަކުން ފުރިފައިވާ އައިފޯނުން ޖާގައެއް ހަދާލަ ދިނުމަށް ހާއްސަ އެޕްލިކޭޝަނެއް މިހާރުވަނީ ނެރެފައެވެ. Gemini Photos ގެމިނީގެ ނަމުން ނަން ދެވިފައިވާ މި އެޕްލިކޭޝަން ބޭނުންކުރުމުން އައިފޯނުގެ ޖާގަ ފުރާލާ ހުރިހާ ފޮޓޯތަކާއި ވީޑިއޯތަކާއި ސްކްރީންޝޮޓްތަކުގެ ތެރެއިން ގޮސް، ފޮރުވިފައިވާ ފޮޓޯތަކާއި، އެއްގޮތް (ޑުޕްލިކޭޓްތަކާއި)، ލިޔުން ހިމެނޭ ފޮޓޯތައް ފަދަ ކަންތައްތައް ހޯދައެވެ. ޖެމިނީ ފޮޓޯސް އެޕްލިކޭޝަންގެ އެންމެ ސަޅިކަމަކީ ރަނގަޅު ފޮޓޯތަކެއް (ފޯނުގެ ވެރިފަރާތަށް އެންމެ ކަމުދާ، ފޭވަރިޓް ފޮޓޯ ތަކާއި އެޑިޓްކޮށްފައިވާ ފޮޓޯތަކާއި، ފޯކަސްގައި ހުރި ފޮޓޯތަކާއި، މީހުން ހިނިތުންވެލައިގެން ލޯ ހުޅުވާލާފައިވާ ފޮޓޯތައް) އަދި އެހާ ރަނގަޅު ނޫން ފޮޓޯތައް (ބްލަރީ ފޮޓޯތަކާއި، މީހުން ތިބި ފޮޓޯތައް ހިމެނޭ ގޮތަށް) ސްކޭން ކުރެވޭކަމެވެ. އެމީހުންގެ ލޯ މެރިފައިވާ ހުތުރު ކަމަށް ބުނާ ފޮޓޯތައްވެސް ހޯދައިދިނުމެވެ.
ޖެމިނީ ފޮޓޯސްގައި ހުންނަ އަނެއް ފީޗާއަކީ އެއްގޮތް ކަމަށް ހީވާ އެހެން ނަމަވެސް އެއްގޮތް ނޫން ފޮޓޯތައްވެސް ހޯދުމުގެ ގާބިލުކަން ހުރުމެވެ. މިއީ ޕްރީމިއަމް ނުވަތަ ގަނެގެން ހޯދޭނެ ހިދުމަތެކެވެ. (4.99 ޑޮލަރު/މަސް، 19.99 ޑޮލަރު/އަހަރު، 34.99 ޑޮލަރު އަންލިމިޓެޑް އެކްސެސް) ލިބޭ ގޮތަށް މި އެޕްލިކޭޝަން ލިބޭނެއެވެ. ޓެސްޓް ކޮށްލަން 3 ދުވަހުގެ ހިލޭ ޓްރައިއަލްއެއް ވެސް ލިބެއެވެ. އެޕުން ފޮޓޯ ލައިބްރަރީ ސްކޭން ކުރުމުން، ބެހެއްޓޭނެ ފޮޓޯތަކާއި ވީޑިއޯތަކާއި ޑިލީޓް ކޮށްލާނީ ކޮން ފޮޓޯތަކެއްތޯ އިހުތިޔާރު ކުރެވޭނެ އެވެ. މި އެޕްލިކޭޝަންގެ ފުރިހަމަ ކޮންޓުރޯލް ފޯނު ބޭނުން ކުރާ މީހާއަށް ލިބޭނެއެވެ. އެހެން ކަމުން އޮޅިގެން މުހިންމު ފޮޓޯއެއް ފޮހެލުމުގެ ފުރުސަތެއް ނެތެވެ.
މި އެޕްލިކޭޝަން ހިންގާލުމަށްފަހު ބޭކާރު ފޮޓޯ ތަކާއި ވީޑިއޯތައް ފޮހެލުމުން ފޯނުގެ ޖާގަ 2 ގުނައަށް ހުސްކޮށްލެވޭ ކަމަށް ގިނަ ފަރާތަކަކުން ބުނެއެވެ. ޓެސްޓްކޮށްލުމަށް ފަހު ގޯސްނަމަ މި އެޕްލިކޭޝަންވެސް ފޮހެލާށެވެ. އޭރުންވެސް ފޯނުން އިތުރު ޖާގަ ހޯދޭނެއެވެ.
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ