މި މަހުގެ 28 ގައި ބާއްވަން ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ އިސް ލީޑަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަައިގަންނަވާ ފުރަތަމަ ކެމްޕެއިން ހަރަކާތް މިރޭ ބާއްވަން ނިންމައިފިއެވެ.
ރައީސް ސޯލިހުގެ ކެމްޕެއިން ޓީމުން ބުނާ ގޮތުން، ރައީސް ސޯލިހާއެކު ބާއްވާ 'ހާއްސަ އިވެންޓް' އޮންނާނީ މިރޭ 9:00ގައި އެމްޑީޕީގެ މައި ހަރުގޭގައެވެ.
ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރައްވަނީ އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ރައީސް ނަޝީދުގެ ކެމްޕެއިން ދަތުރުތަކާއި ކެމްޕެއިން ޖަލްސާތަކުގައި އެ މަނިކުފާނު ބައިވެރިވެވަޑައިގެން ނަމަވެސް ރައީސް ސޯލިހުގެ ކެމްޕެއިިން ޓީމުން ބާއްވާ ޖަގަހަ ޖަލްސާތަކާއި ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތްތަކުގައި އެ މަނިކުފާނު ބައިވެރިވެވަޑައި ނުގަންނަވައެވެ.
އެކަމާ ގުޅިގެން ރައީސް ސޯލިހަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. އެގޮތުން ރައީސް ސޯލިހު ކެމްޕެއިން ކުރައްވަނީ ޣައިބުގައި ހުންނަވައިގެން ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި ކެމްޕެއިންތަކުގައި އާންމުންނާ ހަމައަށް ގޮސް އެ މީހުންނާ ބައްދަލުނުކުރާ މީހަކީ މިހާރު ސިޔާސީ ލީޑަރެއްގެ ގޮތުގައިި ދިވެހިން ބަލައިގަންނަނާނެ ބައެެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު