މިއަދުން ފެށިގެން މިފްކޯގެ ދެ ސައިޓަކުން މަސްވެރިންނަށް ތެޔޮ ވިއްކަން ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މިފްކޯގެ ސައިޓުތަކުން ތެޔޮ ވިއްކުމަށް ފިޔުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާއެކު މިއަދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިސްމާއީލް ފައުޒީއެވެ. އެފްއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމްއެވެ.
މިފްކޯއިން މިއަދުކުރި ޓުވީޓެއްގައި ބުނީ އެފްއެސްއެމްއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މިއަދުން ފެށިގެން ކޫއްޑޫ އަދި އައްޑޫ ފިޝަރީޒް ކޮމްޕެލެކްސްއިން މަސްވެރިންނަށް ތެޔޮ ވިއްކަން ފަށާފައިވާ ކަމަށެވެ.
އަންނަ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ފެލިވަރު ފިޝަރީޒް ކޮމްޕްލެކެސްއިން ވެސް ތެޔޮ ވިއްކަން ފަށާނެ ކަމަށް މިފްކޯއިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު