ވ. އަތޮޅުގެ ފަޅެއް ކައިރިން އިންސާނެއްގެ ހަށިގަނޑެއް ފެނިއްޖެއެވެ.

ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ވެމްޕަރު ފަޅު ހުޅަނގު އުތުރު ކަނޑުން އިންސާނެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް މިއަދު ހެނދުނު 9:03 ގައި ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެ ހަށިގަނޑު މިހާރު ފުލުހުންގެ ލޯންޗަށް ނަގާފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.