ސާފު ބޯފެނާއި ނަރުދަމާގެ 141 މަޝްރޫއު މިވަގުތުވެސް ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ހަ މަހަށްފަހު މިއަދު ރައީސް ސޯލިހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވީ, ސަރުކާރުން ވީ ވައުދުތައް ފުއްދުމުގައި ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށެވެ. އެގޮތުން ރާއްޖެއަށް އަލުން އަނބުރާ ހަމަޖެހުން ގެނެވިއްޖެކަމުގެ ހިތްހަމަޖެހުން އެބަ އޮތްއިރު, އަސާސީ ހިދުމަތްތައް ރާއްޖޭގެ އެންމެންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރުވެސް ބާރަށް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
އެއަށްފަހު އެ މަނިކުފާނު ވަނީ ވެރިކަމުގެ ހަތަރު އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތުގެ ތަފާސްހިސާބުތައް ހިއްސާކުރައްވައިފައެވެ. އޭގެ ތެރޭގައި:
- ސާފު ބޯފެނާއި ނަރުދަމާގެ 141 މަޝްރޫއެއް ކުރިއަށް
- ކަރަންޓުގެ ޔަގީންކަން އެންމެންނަށް ދެވިއްޖެ
- 144 ރަށެއްގައި 313 ޖަނަރޭޓަރު އަލަށް ބެހެއްޓިއްޖެ
- އިންޖީނުގެތަކާއި އޮފީސް ހެދުމުގެ 76 މަޝްރޫއެއް ކުރިއަށް
- 47 ރަށެއްގެ ބަނދަރު ނިމިއްޖެ
- 37 ރަށެއްގެ ބަނދަރު ހެދުން ކުރިއަށް
- 31 ރަށުގެ މަގު ހެދުން ކުރިއަށް
- 7 ރަށުގެ ބިން ހިއްކައި ނިމިއްޖެ
- 8 ރަށެއްގެ ބިން ހިއްކުން ކުރިއަށް
- 31 ރަށެއްގެ މަގު ހެދުން ކުރިއަށް
- ސިއްހީ ދާއިރާގެ 31 މަޝްރޫއެއް ނިމިއްޖެ
ރައީސް ވިދާޅުވީ, ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅުވާލުމުގެ މަސައްކަތް ފަށާފައިވާއިރު, އެ މަޝްރޫއުގެ ދަށުން ބޮޑުތިލަދުންމައްޗަށާއި ޅ. އަތޮޅުގައި ފަށާފައިވާ ފެރީ ނިޒާމުން ލައްކައަކަށްވުރެ ގިނަ މީހުން ދަތުރުކޮށްފައިވާ ކަމަށެވެ.
މާލެއާއި އަތޮޅު ތެރޭގައި 16,000 އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އެކި މަޝްރޫއުތައް ކުރިއަށްދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ, މާލޭގައި އެކި ކެޓަގަރީގެ 8700 ފްލެޓް ހަދަމުންދާއިރު, އަތޮޅު ތެރޭގައި 4436 ފްެލެޓާއި ރޯހައުސް ހަދަމުންދާ ކަމަށެވެ.
އަދި ގެދޮރުވެރިޔާ ލޯން 183 މީހަކަށް, 168 މިލިއަން ރުފިޔާ ދެވިއްޖެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު