އަންނަ އަހަރު އިތުރު 15 ރަށެއްގައި އައިސް ޕްލާންޓްތައް ގާއިމް ކުރަން ނިންމާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ މޫސުމީ މަސްވެރިކަމެއްގައި އައިސް ލިބުމުގެ ދަތިކަން މަސްވެރިން ވަރަށް ބޮޑަށް ފާޅުކުރާ ކަމަށެވެ. އެހެންވެ، މަސްވެރިންގެ ކަންބޮޑުވުން އެންމެ ބޮޑަށް ހުރި ސަރަހައްދުތަކުގައި އައިސްޕްލާންޓްތައް ގާއިމު ކުރުމުގެ މަސައްކަތްތައް މި ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު ފަސް ރަށެއްގައި ކޯލްޑް ސްޓޯރޭޖް ގާއިމުކޮށް އައިސް ލިބޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށެވެ. އެއީ ގއ. ދެއްވަދޫ، ށ. ފުނަދޫ، ދ. މީދޫ އާއި ބަނޑިދޫ އަދި، ގއ. ގެމަނަފުއްޓެވެ.
މި އަހަރުގެ ނިޔަލަށް އިތުރު ދެ ރަށެއްގައި އައިސް ޕްލޭންޓް ގާއިމް ކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ. އެއީ މ. ވޭވަށުގައި 60 ޓަނުގެ އަދި ލ. މާބައިދޫގައި 25 ޓަނުގެ އައިސް ޕްލާންޓެވެ.
މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު އިތުރު 15 ރަށެއްގައި އައިސް ޕްލާންޓް ގާއިމު ކުރުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން ކޮންޓްރެކްޓް ފައިނޭންސްގެ އުސޫލުން މަސައްކަތް ވަރަށް އަވަހަށް ހަވާލު ކުރާނެ ކަމަށެވެ. އުންމީދަކީ އަންނަ އަހަރުގެ މެދުތެރެއަށް މަސައްކަތް ނިންމައި އޮޕަރޭޝަނަށް ގެނައުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
2027ގައި އައިސްޕްލާންޓް ގާއިމްކުރާ ރަށްތަކާއި ޓަނު:
- ހދ. ކުޅުދުއްފުށި - 30 ޓަނު
- ދ. ހުޅުދެލި - 30 ޓަނު
- މ. މުލައް- 30 ޓަނު
- ގއ. ދާންދޫ - 30 ޓަނު
- ގއ. ވިލިގިލި - 30 ޓަނު
- ކ. ގާފަރު - 30 ޓަނު
- ހއ. ދިއްދޫ - 30 ޓަނު
- އއ. ރަސްދޫ - 30 ޓަނު
- ގދ. ރަތަފަންދޫ - 30 ޓަނު
- ށ. ކޮމަންޑޫ - 30 ޓަނު
- ޅ. ނައިފަރު - 40 ޓަނު
- ލ. މާވަށް - 10 ޓަނު
- ލ. ހިތަދޫ - 10 ޓަނު
- ގއ. ނިލަންދޫ - 30 ޓަނު
- ބ. ކުޑަރިކިލު - 5 ޓަނު
އަލީ އަފާފު ރަމީޒު
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
ކޮމެންޓް