ސިޔާސީ ފިކުރުގެ ސަބަބުން ތައުލީމީ ދާއިރާގެ އެއްވެސް މުވައްޒަފަކަށް ފިޔަވަޅުއަޅައިފައި ނުވާނެ ކަމަށް މިނިސްޓާ އޮފް އެޑިޔުކޭޝަނ،ް ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ސިޔާސީ ފިކުރުގެ ސަބަބުން އެ ދާއިރާގެ މުވައްޒަފުންނަށް ކުރީ ސަރުކާރުން ފިޔަވަޅުތަކެއް އަޅާފައިވާކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝުޖާއު ކުރެއްވި ސުވާލަަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ސިޔާސީ ފިކުރެއްގެ ސަބަބުން އެއްވެސް ޓީޗަރަކަށް، އެއްވެސް މުދައްރިސަކަށް، އަދި އެއްވެސް ޕްރިންސިޕަލަކަށް މިހާތަނަށް ފިޔަވަޅު އަޅާފައިނުވާނެ ކަމަށެވެ.
ނަމަވެސް މިނިސްޓަރު ވިދާޅުވީ، މި ސަރުކާރު އައިސް އެމަނިކުފާނު މަގާމާ ހަވާލުވިއިރު، 23 ޕްރިންސިޕަލަކު ތިބީ އެމީހުން ތިބެން ޖެހޭ ރަށްރަށް ނޫން އެހެން ރަށްރަށަށް ބަދަލުކޮށްފައި ކަމަށެވެ. މިހާރު އެ ހުރިހާކަމެއް ރަނގަޅުކޮށް އެ މުވައްޒަފަކު ހުންނަން ޖެހޭ ތަނެއްގައި ބަހައްޓާފައިވާ ކަމަށްވެސް ވިދާާޅުވިއެވެ.
އޭގެ އިތުރުން ވަކި ސިޔާސީ ފިކުރެއްގައި ތިބުމުން ފިޔަވަޅު އަޅާފައިވާކަމަށް ޓީޗަރުންގެ ފަރާތުން 200 އަށްވުރެ ގިނަ ޝަކުވާ ލިބިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
އެޑިއުކޭޝަން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
އެޑިއުކޭޝަން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
އެޑިއުކޭޝަން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
އެޑިއުކޭޝަން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
ކޮމެންޓް