ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަ ކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލެއްވި އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކެންޑިޑެންސީ ބަލައިގަނެ އެ ބޭފުޅުންގެ ކެންޑިޑޭޓް ނަމްބަރު ތަރުތީބު ކޮށްފިއެވެ.
އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ދެބޭފުޅުންގެ ނަން ތަރުތީބު ކުރުމުން، ރައީސް މުހައްމަދު ނަޝީދުގެ ކެންޑިޑޭޓް ނަމްބަރަކީ އެކެއް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކެނޑިޑޭޓް ނަމްބަރަކީ ދޭއް ކަމަށެވެ.
އަންނަ ޖެނުއަރީ މަހުގެ 28 ގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ނިންމާފައިވާއިރު، ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުން ވަނީ ރިޔާސީ ޕްރައިމަރީގެ ކޮމެޓީ އެކުލަވާލައި ފާސްކޮށްފައެވެ.
ފަސް މެންބަރުގެ އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިދާރީ އިބްރާހީމް ވަހީދު (އިބުރޭ)، އާއި އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި މިހާރު އެ ޕާޓީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރާއި، އެޕާޓީގެ މަތި އުތުރު ޕްރޮވިންސްގެ ރައީސް އަކްރަމް ކަމާލުއްދީން އާއި އަހުމަދު އަބްދުﷲ އަފީފްގެ އިތުރުން މުހައްމަދު އީމާނެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލައްވާފައިވަނީ ރައީސް ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު