މިދިޔަ ހުކުރު ދުވަހު ބޭއްވި އުރީދޫ މޯލްޑިވްސް "ފަން ރަން"ގެ ފޮޓޯއެއް ހިއްސާކޮށްގެން އޯގާ ރިސޯޓަށް ދެ ދުވަހުގެ ޗުއްޓީއަށް ދެވޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އުރީދޫން މިއަދު ބުނީ، ޕްރޮމޯޝަންގައި ބައިވެރިވުމަށް "ފަން ރަން"ގެ ފޮޓޯއެއް، "ފަން ރަން މޫމްމެންޓް" ހޭޝްޓަގާއެކު ސޯޝަލް މީޑިއާއަށް އަޕްލޯޑް ކުރަންވާނެ ކަމަށެވެ. އަދި އުރީދޫ މޯލްޑިވްސް ވެސް ޓެގް ކުރަން ޖެހެއެވެ.

ޕްރޮމޯޝަނުން ހޮވޭ ފަރާތަކަށް އޯގާ ރިސޯޓުގައި ދެ ދުވަހުގެ ޗުއްޓީއެއް ހޭދަކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.

ޕްރޮމޯޝަން ކުރިއަށްގެންދަނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.

އުރީދޫން މައުލޫމާތުދޭ ގޮތުގައި އުރީދޫ "ފަން ރަން" ގައި 5،000 މީހުން ބައިވެރިވިއެވެ. އުރީދޫ "ފަން ރަން" އަކީ ކޮންމެ އަހަރަކު ބާއްވާ ދުވުމެކެވެ. ފަސް ކިލޯ މީޓަރުގެ އެ ދުވުމުގެ ކޮންމެ ކިލޯމީޓަރެއް ނިމޭ އިރު، ކުލަ ޖެހުން ނުވަތަ "އިން ފްލޭޓަބްލް އޮބްސްޓެކަލް" ހަރަކާތްތައް ހުރެއެވެ.