އޭޝިއާގެ އެންމެ ކުރިއަރާފައިވާ އެއް ހޮސްޕިޓަލިޓީ ގްރޫޕް، ތައިލެންޑްގެ އޮނެކްސް ހޮސްޕިޓަލިޓީ ގްރޫޕުން ރާއްޖޭގައި އިތުރު ރިސޯޓެއް ހުޅުވަން ނިންމައިފިއެވެ.
އެ ގުރޫޕުން ބުނީ، އެ ކުންފުނީގެ ލަގްޒަރީ ބްރޭންޑް، އަމާރީގެ ދަށުން "އަމާރީ ރާޔާ" ގެ ނަމުގައި އެ ރިސޯޓް ހުޅުވަން ތައްޔާރުވަމުން އަންނަނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކަމަށެވެ. ޖުމުލަ 200 ކޮޓަރި ހިމެނޭ ގޮތަށް ހަދާ މި ރިސޯޓަކީ ފަސް ތަރީގެ ރިސޯޓެކެވެ. އަދި މި ރިސޯޓުގައި ހަތް ރެސްޓޯރަންޓާއި މާއި ސްޕާއަކާއި ކިޑްސް ކްލަބެއް ހިމެނެއެވެ.
މިއީ އަމާރީ ބްރޭންޑްގެ ދަށުން ރާއްޖޭގައި ތަރައްގީ ކުރާ ދެވަނަ ރިސޯޓެވެ. ފުރަތަމަ ރިސޯޓަކީ ހުވަދު އަތޮޅުގައި ހިންގަމުން އަންނަ "އަމާރީ ހަވޮއްޑާ" ރިސޯޓެވެ. އެއީ 120 އެނދުގެ ރިސޯޓެކެވެ.
އެ ރިސޯޓް ވިއްކާލަން ނިންމައި، މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި އިއުލާންކުރި ނަމަވެސް، އެކަމުގެ ފަހުގެ މައުލޫމާތެއް އަދި ސާފެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު